ގާޒާއަށް އެއްގަމުން އަރައި ޙަމަލާ ނުދިނުމަށް އިރާނުން އިސްރާއީލަށް އިންޒާރުދީފި

Loading

October 16, 2023
sandhaanu news
Facebook
Twitter
WhatsApp

ގާޒާ އަވަށްތަކަށް އެއްގަމު މަގުން އަރައި ޙަމަލާ ނުދިނުމަށް ބުނެ އީރާނުން އިސްރާއީލަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. އެގޮތުން، އީރާނުން ބުނީ އިސްރާއީލުން ދެމުންދާ ”ހަނގުރާމަ މިއީ ގަތުލުއާންމެއް“ ކަމަށާއި އިތުރަށް ހަނގުރާމަ ފުޅާކޮށް އެއްގަމު މަގުން ގާޒާ ހިފުމުގެ ވިސްނުން ދޫކޮށްލުމަށެވެ. އަދި އެކަން ހުއްޓާނުލާނަމަ، އެކަމުގެ ”ނަތީޖާ ފެނިގެންދާނީ ވަރަށް ހިތޮކޮށް“ ކަމަށެވެ. 

އެގޮތުން އެއީ އީރާނުން ދެކެ ރެޑް-ލައިން ހުރަސް ކުރުން ކަމަށެވެ. އެހެންވެއްޖެނަމަ އީރާނުގެ ވާގިވެރީންގެ ބައިވެރިވުން ލަސްތަކެއް ނުވަނެކަމަށެވެ. އަދި ފަލަސްތީނު ދިފާޢު ކުރުމަށްޓަކާ އީރާނު ފުރިހަމަ ބައިވެރިވުން ޔާގީން ކުރުމަށެވެ.

އެކުވެރި ދައުލަތުގައި ހުންނަ ”އެކްސް“ ޕްލެޓްފޯމްގައި ކުރި ޓްވީޓެއްގައި އީރާނުގެ ފޮރިން މިނިސްޓަރާއި ޙަވާލާދީފައިވާ މެސެޖްގައި މިގޮތަށް އިންޒާރު ދީފައިވާއިރު، އިސްރާއީލުން އަސްކަރީ ސިފައިންގެ ބޮޑެތި މިލިޓަރީ ފައުޖުތަކާއި ޙަމަލާދިނުމަށް ބޭނުންކުރެވޭ އާލާތްތައް ގާޒާ ބޯޑަރަށް ވަނީ އެއްކޮށްފައެވެ.

  އިޒަރާއީލު ޔަހޫދީ ހަމަލާތަކުން މަރާލެވިފައިވާ ކުދީން :

އިރާނުގެ ޚާރިޖީ ވަޒީރު ހުސައިން އާމިރް-އަބްދުއްލާ އައިން ވަނީ ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިޔޭ އާއި ޤަތަރުގައި ބައްދަލު ކުރައްވާފައެވެ. އަދި ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި ދެފަރާތުން ޙިއްސާކުރާ ލަނޑުދަނޑިތަށް ޙާސިލްކުރުމަށް އެކުގައި މަސައްކަތްކުރުމަށް މި ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ.

ހަމާސް ބުނާގޮތުގައި އެއްގަމުގެ މަގުން ގާޒާ ހިފުމަށް ޔަހޫދީންދޭ ޙަމަލާތަކާ ކުރިމަތި ލެވޭފަދަ ގާބިލުކަން ގާޒާގެ ފައުޖުތަކަށް ލިބިފާވެއެވެ.

ހަމާސްއިން އިސްނަގައިގެން ދީފައިވާ އިސްރާއީލު ސިއްސުވާލި މި ހަމަލާއަކީ ”ތާރީޚީ ނަޞްރެއް“ ކަމަށް ވިދާޅުވެ އާމިރް އަބްދުއްލާ އައިން ޙަމާސްއަށް ތަޢުރީފްކުރެއްވިއެވެ. 

އަދި އެއީ އިސްރާއީލުން ގާޒާއަށް ވެރިވެގަނެގެން ހިންގަމުންދާ އަޅުވެތިކުރުމައި ދެކޮޅަށް ހޯދުނު ބޮޑު ކާމިޔާބީއެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. 

މިޞްރު މަގުން ގާޒާގެ ރައްޔިތުން ފަލަސްތީނުން ބޭރުވުމަށް އިސްރާއީލުން އެނގި އެންގުމާއި ގުޅިގެން ހަނިޔޭ ވިދާޅުވީ ”އަހަރެމެން ތިބޭނީ އަހަރެމެންގެ ބިމުގައި ސާބިތުވެ،“ މިފަދައިންނެވެ. 

Loading

One Response

  1. ޒައިނުސްޓުންގެ މަޅީގައި އެމެރިކާ ޖެހުނީމާ ދުނިޔެއަށް އެމެރިކާގެ އޮތީ ކަނުލޮލެކެވެ. ހަމަ އެހެންމެ އަރަބި އަދި ބައެއް އިސްލާމީ ގައުމުތަކުންވެސް އެމެރިކާގެ މަޅީގައި ޖެހިފާއޮތުމުން އިސްލަމީ އުންމަތް ދިފާޢު ކުރެވޭވަރަށްވުރެ ދުނިޔޭގެ އަރާމާއި ލައްޒަތައް މިވަނީ ހެއްލިފައެވެ. ދެން ވަރަށް ދެރަވެއޭ ކިޔައިގެން ވާހަކަދެއްކުން އޮތީ. މިއީ މިއަދުގެ ޙަގީގަތެވެ. ދައްކަނީ ﷲ އާއި ރަސޫލުއްﷲ ގެ ވާހަކައެވެ. ގުޅޭނީ ގެރިބަކަށްޓައް އަޅުކަންކުރާ ބައިގަނޑާއެވެ.

Leave a Reply

ފަހުގެ އަޕްޑޭޓް