ފަލަސްތީނުގެ ކަލްޗަރަލް އޯގަނައިޒޭޝަންގެ ރައީސް މާލޭގެ މޭޔަރާއި ބައްދަލު ކުރައްވައިފި 

Loading

Facebook
Twitter
WhatsApp

މާލޭގެ މޭޔަރ ޑރ. މުޢިއްޒުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް މުސްލިމް އިމްރާން ކުރައްވައިފިއެވެ. މުސްލިމް އިމްރާނަކީ ފަލަސްތީނު ކަލްޗަރަލް އޯގަނައިޒޭޝަންގެ މެލޭޝިޔާ ގޮފީގެ ރައީސްއެވެ.

މިއަދުގެ ބައްދަލުވުމުގައި އިމްރާން މޭޔަރ މުއިއްޒުއަށް ފަލަސްތީނުގެ މިއަދުގެ ޙާލަތާއިބެހޭގޮތުން މަޢުލޫމާތް އަރުވާފައިވެއެވެ. އެގޮތުން މިހާރުވެސް ހަ ހާހެއްހާ ފަލަސްތީނުގެ ރައްޔަތުން އިޒްރޭލްގެ ޖަލުތަކުގައި ބަންދު ކުރެވިފާވެއެވެ. އޭގެތެރެއިން ގިނަމީހުންނަކީ ޝަރިޢަތެއް ކުރުމެއްނެތި އަދި މުއްދަތެއްނެތި ބަންދުޖަހާފައިވާ މީހުންނެވެ.

މިބައްދަލުވުމުގައި މުސްލިމް އިމްރާން އެދިވަޑައިގަތީ ފަލަސްތީނުގެ މިނިވަންކަމާއި އިންސާފަށް ކުރަމުންގެންދާ މަސައްކަތުގައި ދިވެހިން ދެމުންގެންދާ ސަޕޯޓް އާއި އެހީތެރިކަން އިތުރަށް ފުޅާކޮށް ދެއްވުމަށް މާލޭ ސިޓީކައުންސިލް އިން ދެއްވެންއޮތް އެނހީތެރިކަމެއް ދެއްވުމަށެވެ. އެގޮތުން މާލޭގެ ކާނިވަލް ސަރަޙައްދުގައި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ އެވެއަރނަސް ޕްރޮގްރާމްއެއް ހިންގޭނޭ މަގު ތަނަވަސް ކޮށްދެއްވުމަށެވެ. އެކަން ބޭނުންފުޅުވާ ގޮތަށް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މޭޔަރ ދެއްވިއެވެ.

އެފަދަ ޕްރޮގްރާމްއެއް ހިންގުމަށް ސަރުކާރުގެ އެހެން މުއައްސަސާތަކާއި އެކު މަޝްވަރާ ކުރެވެމުން ގެންދަވާކަށް މުސްލިމް މޭޔަރ މުއިއްޒަށް ދެންވިއެވެ. އަދި އެފަދަ އެންމެހާ ޙަރަކާތެއް ކުރިއަށް ގެންދަވާނީ ފްރެންޑްސް އޮފް ޕެލަސްޓައިން މޯލްޑިވެސް ގެ ހަމަޖެއްސުމާއި އެނހީތެރިކަމުގެ މަތީން ކަމުގައެވެ. 

މޭޔަރގެ ވާހަކަފުޅުގައި ފަލަސްތީނުގެ ރައްޔަތުންނަށް ރާއްޖޭގެ 99% ސަޕޯޓް ލިބިފައިވާކަމާއި އެމަނިކުފާނުގެ އޮފީހުން ކޮށްދެވެން ހުރި ހުރިހާކަމަކަށް މަގުފަހިކޮށް ދެއްވަވާނެ ކަމުގައި ވިދާޅުވެފައި ވެއެވެ. ފަލަސްތީނު އާއި މާލޭ ސިޓީކައުންސިލް އާއި އެކު އެއްބަރުލުމާއި ގުޅުން ހަރުދަނާ ކުރުމަށްޓަކައި އެމް.އޯ.ޔޫއެއް ވަރަށް އަވަހަށް އެކުލަވާލެއްވުމަށް އެއްބަސްވެވުނެވެ.

މިބައްދަލުވުމުގައި ފްރެންޑްސް އޮފް ޕެލެސްޓައިން މޯލްޑިވްސްގެ ފައުންޑަރ މުޢާދު މުޙައްމަދު ޒަކީ ބައިވެރިވިއެވެ. މުޢާދު އަކީ ފްރެންޑްސް އޮފް ޓާރކީ މޯލްޑިވްސް ކައުންސިލްގެ ވެސް ފައުންޑިން ސީނިއަރ މެމްބަރެކެވެ

މުސްލިމް އިމްރާންގެ މި ހަތްދުވަހުގެ ދަތުރުފުޅުގައި ރާއްޖޭގެ ރައްޔަތުންގެ މަޖިލީސްގެ ގިނަ މެމްބަރުންނާއި މިނިސްޓަރުންނާއި ސިޔާސީ ބޭފުޅުންނާއި ބައްދަލުކުރައްވާނެއެވެ. މުސްލިމް ވިދާޅުވާގޮތުގައި އެބެފުޅުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ރައްޔަތުން ފަލަސްތީނުގެ ރައްޔަތުންނަށް ލިބިދީފައިވާ ލޯތަބާއި ހަމްދަރުދީ އެގޮތުގައި ދެމެހެއްޓުމާއި އިތުރަށް ގުޅުން ބަދަހިކުރުމަށެވެ.

އެގޮތުން ރާއްޖޭއްގެ ސިޔާސީ ޕާޓީތަކުން ތަފާތު ފިކުރުގައި މަސައްކަތް ކުރެެއްވިނަމަވެސްއެއީ އެބޭފުޅުންނަށް އެއްވެސް ހުރަހެއް އޮތްކަމެއް ނޫނެވެ. އެހެނީ މެލޭޝިޔާ އާއި އެއްފަދައިން ރާއްޖޭގެ އެންމެންކަހަލަ ގޮތަކަށް ފަލަސްތީނުގެ މިނިވަކަމަށް ތާއިދު ކުރައްވާތީ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް