މި ހިނގާ އޮކްޓޫބަރު މަހުގެ 3 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ހަމަޖައްސަވާފައެވެ.
ރައީސް އޮފީހުްނ ބުނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތީން، މި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ މި ދުވަހަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސްކަމަށްވާތީއާއި، މި އަހަރަކީ [ޤައުމީ ފަތުރުވެރިކަމުގެ ދުވަސް] ފުރަތަމަ ފަހަރަށް ފާހަގަކުރާ އަހަރު ކަމަށްވުމާއެކު އެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށްޓަކައެވެ.
މިކަން އިއުލާންކުރައްވާފައި ވަނީ 14 އޯގަސްޓް 2022 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.