މިއީވެސް އިއްތިފާގެއް ނުވަތަ އިންޒާރެއް ބާވައެވެ! 

Loading

Facebook
Twitter
WhatsApp


އިއްތިފާގެކޭ ބުނުމުން ގިނަފަހަރު ހިތަށް އަރާނީ ގިނަބަޔަކު އެއްކޮށް ކަމަކާމެދު ނިންމާ ނިންމުމެކެވެ. ނަމަވެސް ބައެއްފަހަރު އެނޫންގޮތަށްވެސް ވެފާ އެބަ ހުރެއެވެ. ޢާންމުގޮތެއްގައި އިއްތިފާގެކޭ ބުނަނީ ކަމެއް ވެ ނިމިދިއުމަށް ފަހުގައެވެ.

އިއްތިފާގެއް ސާބިތުކޮށް ދިނުމަށްޓަކައި ހިސާބުގެ ޢިލްމު ވަރަށް ގިނަފަހަރު ބޭނުން ކުރެވެއެވެ. މިސާލަކަށް މަޖިލީހެއްގައި ކަމެއް ނިމިގެންދިޔައީ އިއްތިފާގުންނޭ ބުނުމުން އެ ކަމެއްގައި ބައިވެރިވި އެންމެންގެ ވިސްނުން އެއްގޮތްކަން އަންގައިދެއެވެ. އިންޒާރަކީ ކަމެއް މެދުވެރި ވެދާނެކަމަށް ހިތްތަކަށް ވިސްނާދިނުމަށް ބޭނުންކުރާ ޙާލަތެކޭ ބުނެވިދާނެއެވެ. ހިނގާފައިވާ ކަންތަކަށްވެސް ނުވަތަ ހިނގައިފާނެ ކަންތަކަށްވެސް އިންޒާރުގެ ބަސް ބޭނުން ކުރެވެއެވެ.                                                                  

ކާއިނާތުގައިވާ އެންމެހާ ކަންތައްތަކަކީ އަޖައިބުން ފުރިފައިވާ ކަންތައްތަކެކެވެ. ވިސްނާ ފިކުރުކުރާބަޔަކަށް އެއިން ކޮންމެ ކަމަކުން ގިނަގުނަ ދަރުސްތަކެއް ލިބިދޭނެއެވެ. ހަމަ މިމޭރުމުން އަޅުގަނޑުމެންގެ މިދުނިޔޭގައި ހިނގާ ކަންތައްތަކަކީވެސް ވިސްނާ ފިކުރު ކުރަންޖެހޭ ކަންތަކެކެވެ. ބައެއް ކަންތައް ތަކަކީ އަޅުގަނޑުމެންނާ ސީދާގޮތުން ގުޅުންނެތް ކަންތަކަށްވެސް ވެދާނެއެވެ. ނަމަވެސް ރަނގަޅަށް ވިސްނާ ފިކުރުކޮށްފިނަމަ މި ދުނިޔޭގައި ހިނގަމުންދާ ކޮންމެ ކަމަކީ މި ދުނިޔޭގައި ދިރިއުޅޭ އެންމެހާ މަޚްލޫގުންނާއި ގުޅުންނެތް ކަންތަކެކޭ ބުނަން އުނދަގޫވާނެއެވެ. ސަބަބަކީ ދުނިޔޭގައި ހިނގާ އެންމެހާ ކަންތައްތައް ދުނިޔޭގެ ތާރީޚުގައި ލިޔެވިގެންދާނެތީއެވެ.

އެ ތާރީޚުން ފިލާވަޅުތައް ލިބި ގަންނަން ޖެހޭތީއެވެ. ދުނިޔޭގައި ހިނގާ ބައެއް ހާދިސާތަކަކީ ވަރަށްވެސް ނުރައްކާތެރި ހާދިސާތަކަކަށް ވެފައިވާއިރު އޭގެ ސަބަބުން ދުނިޔޭގެ ބާރުވެރިކަމުގެ ނިޒާމަށްވެސް ބޮޑެތި ބަދަލުތަކެއް ދަނީ އަންނަމުންނެވެ. ބައެއް ގައުމުތައް ވީރާނާ ކޮށްލާފައި ވާއިރު ބައެއް އެހެން ގައުމުތައް އަޅުވެތި ކޮށްލާފައެވެ. އަމިއްލަ މަސްލަޙަތައްޓަކައި ނުރައްކާތެރިވެގެންވާ ގިނަ ޙާލަތުތަކެއްވެސް ދަނީ ޢާންމު ކުރުވަމުންނެވެ.                                         

އަޅުގަނޑު މިފާހަގަކޮށްލަނީ އިންސާނުންގެ ފަރާތުން ދުނިޔޭގައި ހިންގި އެންމެބޮޑެތި ބައެއް ޖަރީމާތައް ހިންގާފައިވާ ތާރީޚްތަކާ ގުޅުންހުރި އިއްތިފާގެކެވެ. “ ރައްކާވެތިބިއްޔާ ދަތުރޭ ބުނާ “ އުސޫލުން މިއިން އިންޒާރެއްވެސް ލިބިގަނެވިދާނެ ކަމަށް ބެލެވިދާނެއެވެ.                                                    

ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ފެށުނުކަމަށް ބުނެވެނީ 1914 ޖުލައި 28 ގައެވެ.  އެ ތާރީޚު 1914. 07. 28 މިގޮތަށްވެސް ލިއެވިދާނެއެވެ. އަދި އެ ތާރީޚް 14 + 19 + 07 + 28 މިގޮތަށް އަތުރާލާފައިހިސާބުކޮށްލުމުން ޖުމުލަ އަކަށް ވަނީ 68 އެވެ. މި ދެ އަދަދު ގެ ޖުމުލައަކީ 14 އެވެ. މި ދެ އަދަދު އެއްކޮށްލައިފިނަމަ ނަތީޖާއަކީ 5 އެވެ.                                                              

ހަމަ މިމޭރުމުން 1914 + 7 + 28 މިއަދަދު އެއްކޮށްލައިފިނަމަޖުމުލައަކަށްވަނީ 1949 އެވެ.  މި އަދަދުގެ ޖުމްލައަކީ 23 އެވެ. އަދި މި އަދަދުގެ ޖުމުލައަކީވެސް 5 އެވެ.                                    

ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ފެށުނުކަމަށް ބުނެވެނީ 1939 ސެޕްޓެމްބަރ 1 ގައެވެ. މި ތާރީޚް 1939. 9. 1 މިގޮތަށް ވެސް ލިޔެވިދާނެއެވެ. އަދި 39 + 19 + 9 + 1 މިގޮތަށް އަތުރާލާފައި އަދަދުތައް އެއްކޮށްލައިފިނަމަ ޖުމުލައަކަށްވަނީ  68 އެވެ. މި އަދަދުތަކުގެ ޖުމުލައަކީވެސް 14 އެވެ. މި ދެ އަދަދު އެއްކޮށްލައިފިނަމަ އަނެއްކާވެސްނަތީޖާއަކީ 5 އެވެ.                                                                    

ހަމަމިމޭރުމުން 1939 + 9 + 1 މިއަދަދު ތަކުގެ ޖުމުލައަކަށްވަނީވެސް1949 އެވެ. އަދި މި އަދަދު ތަކުގެ ޖުމްލައަކީވެސް 23 އެވެ. މި ދެއަދަދު ތަކުގެ ޖުމުލައަކީވެސް 5 އެވެ.                           

ރަޝިޔާއިން ޔޫކްރޭނަށް އެމީހުންގެ ”ޚާއްސަ އޮޕަރޭޝަން“ ހަނގުރާމަ ފެއްޓީ 2022 ފެބްރުއަރީ 24 ގައެވެ.  މިތާރީޚް 2022 + 2 + 24މިގޮތަށް ލިޔެފިނަމަ އޭގެ ނަތީޖާއަކީވެސް 68 އެވެ. އަދި މީގެ ނަތީޖާއަކީވެސް 14 އެވެ. ނުވަތަ 5 އެވެ.               

އެހެންނަމަވެސް 2022 + 2 + 24 މިތާރީޚުގެ އަދަދު ތަކުގެ ޖުމުލައަކަށްވަނީ 2048 އެވެ. ނަމަވެސް މި އަދަދު ތަކުގެ ޖުމްލައަކަށްވަނީވެސް ހަމަ 14 އެވެ. އަދި އާޚިރު ނަތީޖާއަކީ ހަމަ 5 އެވެ.                      

ޕޫޓިން ވިދާޅުވާގޮތުގައި ރަޝިޔާއަށް ޙިމާޔަތް ނެތް ދުނިޔެއްގައި ރަޝީޔާ އާއި ޢުދުވާނު އެހެން ގައުމުތަކަށްވެސް ޙިމާޔަތެއް ނޯންނާނެއެވެ. އަދި މީގެ ކުރީންދުވަހަކު އެއަށްވުރެ ތިލަކޮށްވެސް ވިދާޅުވެއްޖެއެވެ. ރަޝީޔާއަށް ޖާގަ ނެތް ދުނިޔެއެއްގައި އެހެން ގައުމުތަކަށްވެސް ޖާގައެއް ނޯންނާނެއެވެ.

ކިއުންތެރިންގެ ވިސްނުމަށްޓަކައި ބާކީ ދޫކޮށްލީއެވެ.   

Loading

3 Responses

  1. އެހެންވީމާ އެވިދާޅުވަނީ ތިމަން އަތުގައި ނިއުކުލިއަރ ހަތިޔާނު އެބަހުއްޓޭ މަ ފޫކޮޅަށް ފަޓާސް ޖަހަން އަންނަންޏާ އޭގެ ކުރިން ފިިނިޝް ކޮށް ލާނަމޭދޯ؟ އެމެރިކާއިން އެ ނިންމީ 20 ބިލިއަން ޑޮލަރު ޔޫކުރޭނަށްދީގެން ޕޫޓިން އާއި ބޮޑު ފަނާކުރަނިވި ހަނގުރާމަޔެއް ކުރަންތާއެވެ؟ ބިރުވެތި ކަމެކެވެ. ނަމަވެސް މަމެން ކުރާނީ ކީއްތޯއެވެ. އެމީހެއްގެ ވަރުން އެމީހަކުގެ ޖައްބާރުކަން ދައްކަނީ ޑިމޮކްރެސީ އާއި ހިއުމަންރައިޓްސްގެ ނަމުގައެވެ. ހަމަތެދެކެވެ. އެ ދެއްތިވެސް އެއީ ފުލޯކު ދެއެއްޗެވެ. އެހެންމީހުންގެ ޢަމަން އަމާން ނަގާލުމަށް ގެންގުޅޭ ސްލޯގަން އެއްކަން މިހާރު ދެން 100% ޔަގީން ވެއްޖެއެވެ.

  2. ކިއުންތެރިންގެ ވިސްނުމަށްޓަކައި ދޫކޮށްލާފައިއޮތް ބާކީ ބަޔާއި 5 އަކާ ހުރިގުޅުމަށް ވިސްނާލާއިރު ފަހަރެއްގައި 5 ނިސްބަތް އެކުރެވެނީ ދުނިޔޭގެ ކަންކަމުގައި އެންމެފަހުގެ ފައިސަލާ ކުރުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ ބާރުގަދަ ސުޕްރީމް ކޯޓުގައި، މިއަށްވުރެން ތިލަކޮށް ބުނާނަމަ ޔުނައިޓެޑް ނޭޝަންސް އޯގަނައިޒޭޝަން ގެ ބާރުގަދަ 5 ފަނޑިޔާރުންނަށްވުމަކީވެސް އިއްތިފާގެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް