ސަރުކާރުގެ ހުރިހާ އިދާރާއެއްގައި ފަތުރުވެރިކަމުގެ ލޯގޯ ބޭނުންކުރަން އަންގައިފި

Loading

Facebook
Twitter
WhatsApp

 

 

ސަރުކާރުގެ ހުރިހާ އިދާރާއެއްގައި ”2022: ފަތުރުވެރިކަމުގެ ރަން އަހަރު“ގެ ލޯގޯ ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ  ސަރުކާރު އިދާރާތަކުގައި ފަތުރުވެރިކަމުގެ ލޯގޯ ބޭނުން ކުރަން ނިންމީ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރު ފާހަގަކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން އަންނަ އަހަރު 1 ޖަނަވަރީ ”2022: ފަތުރުވެރިކަމުގެ ރަން އަހަރު“ ގެ ލޯގޯ ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ރަސްމީ ލެޓަރ ހެޑާއި އީމެއިލް ފުޓަރގައި ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ހަމަޖެއްސެވީ، 7 ޑިސެންބަރު 2021 ވީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރު ފާހަގަކުރުމާބެހޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށެވެ.

2022 ވަނަ އަހަރަކީ، ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރާ އަހަރުކަމަށްވާތީ، އެ އަހަރު ކުލަގަދަ ގޮތެއްގައި ފާހަގަކުރެއްވުމުގެ ގޮތުން އެ އަހަރަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ލޯގޯ މިހާރު ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމުން އިފްތިތާހްކުރައްވާފައެވެ.

މި ލޯގޯއަކީ ދިވެހިރާއްޖޭގެ ގުދުރަތީ މުއްސަނދިކަމާއި، ސަގާފަތާއި ތަރިކަ ދޭހަވާގޮތަށް ފަރުމާ ކުރެވިފައިވާ ލޯގޯއެކެވެ. މިލޯގޯ ފަރުމާކޮށްފައިވަނީ ދިވެހި ދެ އާޓިސްޓުން ކަމަށްވާ އަބްދުއްލާ ނަޝާތު އާއި އަހުމަދު އަޒްލިފް އެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައްޔާއި، ރާއްޖެއިން ބޭރުގައި އޮންނަ އެކިއެކި ފެއަރތަކާއި ބައްދަލުވުންތަކުގައި މި ލޯގޯ ބޭނުންކުރާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށާއި، ރާއްޖެއިން ބޭރުގައި މި ލޯގޯ ބޭނުންކުރާނީ އިނގިރޭސިބަހުން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް