ޕީޕީއެމް ޓީމާއި ބައްދަލުކުރި ފެނަކައިގެ މުއައްޒަފުންތަކެއް ގޭގައި މަޑުކުރުމަށް އަންގައިފި

ޕީޕީއެމުން މިހާރު ގދ. ރަށްތަކަށް ކުރަމުންދާ ދަތުރުގައި އެ އަތޮޅު ފަރެސްމާތޮޑާއަށް ކުރި ދަތުރުގައި އެޕާޓީގެ ޓީމާއި ބައްދަލުކުރި ފެނަކައިގެ މުއައްޒަފުންތަކެއް ގޭގައި ތިބުމަށް ފެނަކައިން އަންގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މުއައްޒަފުންނަކީ ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ހަދަމުންދާ އެރަށު އާ އިންޖީނުގޭ އިމާރަތްކުރާ ސައިޓްގައި މަސައްކަތަށްކުރަމުން ދިޔަ ޕީޕީއެމަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން ނުވަ ވަރަކަށް މުވައްޒަފުން ފުރަތަމަ ގޭގައި މަޑުކުރަން އެންގި ކަމަށް ވެއެވެ. ނަމަވެސް ފަހުން ތިން މީހަކު ފިޔަވައި ދެންތިބި މީހުން ވަޒީފާ އަށް ނުކުންނަން އެންގިކަމަށް ވެއެވެ.
މިކަމާ ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމުން ފަރެސްމާތޮޑާއަށް ކުރި ޒިޔާރަތުގައި އެރަށު ބަނދަރުމަތިން ސަލާން ކޮށްލި ކަމަށްޓަކާ ފެނަކައިގެ މުއައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
“ ގދ. އަށް ކުރަމުންދާ ދަތުރުގައި ފަރެސްމާތޮޑާއަށް ޒިޔާރަތްކުރި ދުވަހު ބަނދަރުން ސަލާން ކޮށްލި ކަމަށްޓަކާ އަޅުގަނޑުގެ އަޚް ނަދީމުއާއެކު އެތަށް ޒުވާނުންނެއްވަނީ ފެނަކައިގެ ވަޒިފާއިން ވަކިކޮށްފަ“ ޝިޔާމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
GDh ah kuramundha dhathurugai Faresmathoda ah ziyazraiy kuri dhuvahu bandharun salaankolli kamahtakai alhuganduge akhu Nadheem aa eku ethah zuvaanunneh vanee @TeamFenaka ge vazeefaa in vakikoffai. In Sha Allah mi aniyaaverikan varah avahah nimeyne. #FreePresidentYameenNow pic.twitter.com/BKqtLOKhGJ
— Ahmed Shiyam (@Shiyamaldives) August 24, 2021
ޕީޕީއެމުން ފަރެސް މާތޮޑާއަށް ކުރި ޒިޔާރަތުގައި އެރަށު އެއާޕޯޓް އަޅާ ސަރަހައްދަށް ވެސް ވަނީ ޒިޔާރަތްކޮށްފައެވެ.

މި މައްސަލާގައި ފެނަކައާ ގުޅިގެން ފެނަކައިން ބުނީ މީޑީއާތަކަށް މި ކަމާ ބެހޭ މައުލޫމާތު އަދި ފަހުން ހާމަކުރާނެ ކަމަށެވެ.
![]()
Comments are reviewed before publication. You can write in English or Dhivehi.




One Response