އެޑްމިޓް ކޮށްގެން ފަރުވާ ހޯދަމުންދާ މީހުން ބޮޑު ތަނުން މަައްޗަށް !

Loading

Facebook
Twitter
WhatsApp
maldives news

‏އެޑްމިޓް ކުރާ މީހުން ގިނަވެ ކޮވިޑް ފެސިލިޓީތައް ފުރެންފަށައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިހާރުވެސް އެޑްމިޓް ކޮށްގެން ފަރުވާ ދޭމީހުންގެ އަދަދު ވަނީ 207 ކަށް އަރާފައެވެ.

އޭގެ ތެރޭގައި ​ޑީއެޗް 16 ގެ ވޯޑްގައި ހަތް މީހަކަށް ފަރުވާދެމުން އަންނަ އިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގަ 189 މީހުން ވަނީ އެޑްމިޓް ކޮށްފައެވެ. އަދި ގއ. ވިލިނގިލީ ފެސިލިޓީގައި އެކަކު، ލ. ގަން ފެސިލިޓީގައި އަށް މީހަކު އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

މިއާއެކު 2 މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ފަރުވާދެމުން އަންނައިރު އެކަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

​އެޑްމިޓްކުރަންޖެހޭ މީހުން ގިނަވެ، ފަރުވާ ދޭނެ މީހުންނާއި ފަރުވާ ނުދީ ދޫކޮށްލާނެ މީހުން ނިންމަން ޖެހިދާނެ ހާލަތަށް ހިނގައިދާނެ ކަމުގެ އިންޒާރު މީގެ ކުރިން ވެސް ވަނީ ދީފަ އެވެ.

ކޮވިޑް ފެސިލިޓީތަކުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ވެސް ވަނީ ރޭ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ​.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް