ރާއްޖެ އިން މިއަދު 2,575 މީހަކަށް ވެކްސިން ދީފި!

Loading

Facebook
Twitter
WhatsApp

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން މިއަދު 2,575 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދާ ވެކްސިން އަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

މިއަދު ވެކްސިން ދިން މީހުންގެ ތެރެއިން 2,015 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 560 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ.

މާލެ ސަރަހަށްދުން މިހާތަނަށް 5,588 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަދި އަތޮޅު ތެރެއިން މިހާތަނަށް 1,266 މީހަކަށް ވަނީ ވެކްސިނަދީފައެވެ. މިއާއެކު، މުޅި ރާއްޖެ އިން ވެކްސިން ދިން މީހުންގެ އަދަދު 6,854 ވަނީ އަރާފައެވެ.

މިއަދު މާލޭގައި 55 އަހަރުން މަތީގެ ބޭފުޅުންނަށްވަނީ ވެކްސިން ދޭން ފަށާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް