ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 79 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 79 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 06 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 35 މީހަކު ފައްސިވެފައެވެ.ހަމަ މިއާއެކު ސަފާރީއަކުން 2 މީހުން މިއަދު ފައްސިވިއެވެ. އަނެއް 36 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 14712 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 1,017އެކްޓިވް ކޭސް ހިމެނޭއިރު، 79 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .
މިބަލީގައި ރާއްޖެ އިން މިހާތަނަށް 49 މީހަކު ނިޔާވެފައި ވާއިރު، 13639މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.