އެމެރިކާއިން އީރާނަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ އެންމެ ފަހުގެ މައުލޫމާތު

Loading

September 2, 2026
profile
Facebook
Twitter
WhatsApp

އެމެރިކާއިން ގާތްގަނޑަކަށް ހަ ގަޑިއިރު ވަންދެން މެދުނުކެނޑި އީރާނަށް ހަމަލާ ދީފިއެވެ. ވައިގެ މަގުން 100 އަށްވުރެ ގިނަ އަމާޒުތަކަށް ހަމަލާދީފައިވާކަމަށް ބުނެއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާތަކުގައި ސަރުކާރުގެ ދެ ތެޔޮ ޓޭންކަރަކަށާއި، ދިފާޢީ މަރުކަޒުތަކަށާއި، ރާޑަރު ސިސްޓަމްތަކަށާއި، ކަނޑުގެ އަސްކަރީ ވަސީލަތްތަކުގެ އިތުރުން މުވާޞަލާތީ މަރުކަޒުތަކަށް ހަމަލާދީފައިވެއެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ މަރުކަޒުތަކަށްވެސް ބޮންއަޅާފައިވާއިރު، ރިވޮލިއުޝަނަރީން (އިންގިލާބީން) ވަނީ އޭގެ ރައްދުގައި އުރުދުން، ކުވައިތު އަދި ބަހުރައިނަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ.

އުރުދުންއިން ވަނީ ފޮނުވާލި 13 ބެލިސްޓިކް މިސައިލްގެ ތެރެއިން 10 މިސައިލް ވައިގެ ތެރޭގައި ގޮއްވާލާފަވާނެކަމަށް ބުނެފައެވެ. އަދި ބާކީ 3 ބެލިސްޓިކް މިސައިލް ވެއްޓުނީ ހުސްބިމަކަށް ކަމަށްވުމުން، ފާހަގަކޮށްލެވޭ ފަދަ އެއްވެސް ގެއްލުމެއް ލިބިފައެއް ނުވާކަމަށްބުނެއެވެ. ރިވޮލިއުޝަނަރީން މިއަދުވެސް އުރުދުންގެ އުޤުބާ ސިޓީއާ ހަމައަށް މިސައިލް ފޮނުވާލި ނަމަވެސް، އޭގެ ދާދި ކައިރީގައި އޮތް އިސްރާއީލުގެ އީލާތު ސިޓީއަށް ހަމަލާއެއް ނުދެއެވެ.

އެތަނުގައި އެމެރިކާގެ އަސްކަރީ ވަސީލަތްތައް ހުރި ނަމަވެސްމެއެވެ. .ރިވޮލިއުޝަނަރީންގެ ތަރުޖަމާނު ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ގައުމުތަކަށް ނުރައްކާތެރި ނަތީޖާއަކާ ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރު ދީފައެވެ.

ނަމަވެސް އޭގެ ތެރޭގައި އިސްރާއީލުގެ ނަމެއް ފާހަގަކޮށްފައެއް ނުވެއެވެ. އަނެއްކޮޅުން ބަހުރައިނާއި ކުވައިތަށް ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތައް ދިނުން ދަނީ ކުރިއަށެވެ. އަދި ބަހުރައިނުން ވަނީ ތިންވަނަ އެލާޓް ނެރެފައެވެ. މިއަދު އެމެރިކާއިން ދިން ހަމަލާތަކުގެ ސަބަބުން ރިވޮލިއުޝަނަރީންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ރިވޮލިއުޝަނަރީން ފޮނުވާލި މިސައިލްތަކާއި ޑްރޯންތަކުން މާބޮޑު ގެއްލުމެއް ދެވުނު ކަމަކަށް ނުބުނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް