އީރާނުގެ ޚުޒެސްތާން ޕްރޮވިންސް ގެ ސަލާންދް ސަރަހައްދަށް އާދީއްތަ ދުވަހު ފަތިހުގެ ވަގުތެއްގައި ބިންހެލުމެއް އަތުވެއްޖެ އެވެ. އީރާނުގެ ހުޅަގު ދެކުނު ސަރަހައްދެއް ކަމަށްވާ ޚުޒެސްތާން ޕްރޮވިންސަށް ބިންހެލުން އައިސްފައިވަނީ ބިމުގެ ބާރަ ކިލޯމީޓަރު އަޑިން ކަމަށް ސްޓޭޓް މީޑިޔާއިން ރިޕޯޓް ކޮށްފައި ވެއެވެ.
ބިންހެލުން އައުމާއި ގުޅިގެން ލިބުނު ގެއްލުންތައް ބެލުމަށާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފެށުމަށް ރެޑް ކްރެސެންޓްގެ ދެޓީމް އަވަށް ތަކަށް ފޮނުވާފައިވާކަމަށް އެފަރާތުން ބުނެފައި ވެއެވެ.
އަނެއްކޮޅުން އެމެރިކާސިފައިން އީރާނާ ދެކޮޅަށް ދެމުން ގެންދާ ހަމަލާތައްވެސް މެދުކަނޑާނުލާ ރޭވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.
![]()
