ޗައިނާގައި ރިޝްވަތުގެ ގޮތުގައި 325މިލިއަން ޑޮލަރު ނެގި މީހަކު މަރަން ހުކުމް ކޮށްފި

Loading

Facebook
Twitter
WhatsApp

ޗައިނާގައި ރިޝްވަތުގެ ގޮތުގައި 325މިލިއަން ޑޮލަރު(2.2ބިލިއަން ޔުއާން) ނެގި އޮފިޝަލަކު މަރަން ހުކުމް ކޮށްފި ކަމަށް ޚަބަރު ލިބެއެވެ. އޭނާ މިކަން ކޮށްފައިވަނީ 30 އަހަރުގެ މުއްދަތެއްގެ ތެރޭގައެވެ..


ޔަންގ ޔޫލިން ނަމަކަށް ކިޔާ އޮފިޝަލަކީ 1993 ވަނަ އަހަރުން ފެށިގެން 2023 އަށް ނަންގޖިންގ ސިޓީގައި އެކިމަގާމް ތަކުގައި މަސައްކަތް ކޮށްފައިވާ މީހެކެވެ.އޭނާގެ މައްޗަށް ވަނީ ފައިސާއަށް ޚިޔާނާތްތެރިވުމާއި މަގާމުގެ ނާޖާއިޒް ނުފޫޒު ބޭނުންކުރުމާއި، އަދި މަނީ ލޯންޑަރިންގ ގެ ކުށް ސާބިތުވެފައެވެ.އަދި އޭނާ މިގޮތުން ހޯދާފައިވާ މުއްސަނދިކަން ވަނީ ފަހުގެ އަހަރުތަކުގައި މީހަކު މިގޮތަށް ހޯދި އެންމެ ބޮޑު އެއް މުއްސަނދި ކަމަށް ވެފައެވެ.
ޗައިނާގެ ދައުލަތުގެ މީޑިޔާއިން ބުނެފައިވާ ގޮތުގައި އުމުރުން 69 އަހަރުގެ ކުރީގެ އޮފިޝަލް ވަނީ ގިނަ އަދަދު ތަކުން އެކި މީހުން އަތުން ފައިސާ އަތުލުމަށްފަހު އެކިފަރާތް ތަކަށް ކޮންޓްރެކްޓްތައް ހޯދާދިނުމާއި ބިންތައް ދިނުމާއި އަދި ފައިނޭންސިންގ ގެ ދާއިރާ ގައި އެކި ޖަރީމާތައް ހިންގާފައެވެ.
ޔޭންގ ގެ މައްޗަށް ތަހްޤީޤް ފަށާފައިވަނީ ކޮރަޕްޝަނާދެކޮޅަށް ރައީސް ޝީ ދާދި ފަހުން އިއުލާން ކުރެއްވި ޚާއްސަ ޕްރޮގްރާމް އެއްގެ ދަށުންނެވެ.މީގެ ކުރިން މިލިޓަރީ އެކި ރޭންކް ތަކުގެ ބައެއް އޮފިޝަލުން ނާއި ބޭންކިންގ ދާއިރާގެ ބައެއް އޮފިޝަލުންގެ މައްސަލަ ތަކެއްވެސް ވަނީ ބަލާފައެވެ.
ޔަންގެ ކެރިއަރ ގެ ގިނަ އަހަރު ތަކެއްގައި މަސައްކަތް ކޮށްފައިވަނީ ނަންގޖިންގ ސިޓީގެ އިކޮނޮމިކް އަދި ޓެކްނޮލޮޖިކަލް ދާއިރާގައި ކަމަށް ވެއެވެ.
ވެރިކަމަށް ވަޑައިގަތުމާއި އެކުވެސް ރައީސް ޝީ ގެންދަވަނީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި މިއީ އިދިކޮޅު ފަރާތްތައްކަށް އަދަބު ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.
ކޮރަޕްޝަންގެ ކުށް ސާބިތުވާ ސަރުކާރުގެ އޮފިޝަލުންނަށް މަރުގެ ހުކުމް އިއްވުމަކީ އޭހާ ގިނައިން ކުރާކަމެއް ނޫންނަމަވެސް ވަގަށް ނެގި ފައިސާގެ އަދަދު 1ބިލިއަން ޔުއާން އަށް ވުރެ އިތުރު ނަމަ މަރުގެ ހުކުމް އިއްވައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް