ކުޑަ ކުދިން ތަރުކާރީ އާއި މޭވާ ކެއުމަށް ޝައުގުވެރި ކުރުވުމަށް މިކަންކަން ކޮށްލަމާ!

Loading

Facebook
Twitter
WhatsApp

ކުޑަކުދިންނަށް މޭވާ އާއި ތަރުކާރީ ކާން ދިނުމަކީ ބައެއްފަހަރު ވަރަށް އުނދަގޫ ކަމަކަށް ވެއެވެ. ނަމަވެސް ކުދިންނަށް ކާން ދޭއިރު ކާތަކެތި ”ސަރވް“ ކުރުމުގައި ކޮންމެ ދުވަހަކު ކުދި ކުދި ބަދަލު ތަކެއް ގެނައުމުން ކާއެއްޗިއްސާމެދު ކުދިންގެ ވިސްނުން އަނބުރާލުމަށް އެހީތެރިވާކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ.


ބައެއް ކުދިން ވަކި ކުލައެއްގެ މޭވާ ނުވަތަ ތަރުކާރީ އެކަނި ކާން ބޭނުންވާއިރު، ބައެއް ކުދިން ހަމައެކަނި ފޮނި ރަހަލާ ތަކެތި ކާން ބޭނުން ވެއެވެ.ގާތުން ދެމުން އައި ކުއްޖަކަށްވެސް ހަރު އެއްޗެއްތި ދޭން ފަށާއިރު ބްރޮކޯލީ ކޮޅެއް ނުވަތަ ޗަސްކޮށްފަ ހުންނަ ސްޕިނެޗް ކޮޅެއް ދިރުވާލަންވެސް އުނދަގޫ ވެއެވެ. އެހެނީ މައިމީހާގެ ކިރުގައިވެސް ކޮންމެވެސް ވަރެއްގެ ފޮނި ރަހައެއް ހުންނާތީ އެރަހަޔަށް އާދަވެފައި ވާތީ ކަމަށް ވެއެވެ.
މިކަންކަން މިހެން ހުރި ނަމަވެސް ކުދިންގެ ކެއުމުގައި ތަފާތު މޭވާއާއި ތަރުކާރީ ހިމެނުން ވަރަށް މުހިންމެވެ.ރަނގަޅު ޑައެޓެއް ނުދެވޭނަމަ ކުދިންގެ ހެދިބޮޑުވުމަށް ހުރަސް އެޅި ކިޔެވުމަށާއި އުޅުމަށްވެސް ނޭދެވޭ އަސަރު ކުރެއެވެ. ނުރަގަޅު ކެއުންތައް ކާނަމަ ކުދިންގެ ޅަ އުމުރުގައި ”އޮބީސިޓީ“ ނުވަތަ ފަލަވާ ބައްޔަށް ހުށައެޅި އެކަމުގެ ސަބަބުން އެހެން ބަލިތައްވެސް ޖެހުމަށް މަގުފަހިވެއެވެ.
ނަސީބު ރަގަޅު ކަމުން ރިސަރޗް ކުރާ ފަރާތްތަކުން ދަނީ މިކަމާބެހޭ ގޮތުން ވަރަށް ބޮޑަށް ވިސްނާ އެކި ހައްލުތައް ހޯދަމުންނެވެ. މިގޮތުން ކުރެވިދާނެ ކަމަށް އެފަރާތްތަކުން ބުނާ 6 ކަމެއް ފާހަގަ ކޮށްލާނަމެވެ.
1- ”އެކްސްޕޯޝަރ“ ނުވަތަ ކުދިންނަށް ދޭން ބޭނުންކުރާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ނުވަތަ އޭގެ ފޮޓޯ ނަމަވެސް ކުދިންނަށް ފެންނަ ގޮތަށް ގެންގުޅެ، އެތަކެތި ޅައުމުރުން ފެށިގެންވެސް ދަސްކޮށް ދިނުން މުހިންމު ކަމަށް އިގިރޭސި ވިލާތުގެ ލީޑްސް ޔުނިވަރސިޓީގެ ޕްރޮފެސަރ ހެދަރިންގޓަން ބުނެފައި ވެއެވެ. މިގޮތުން ކުދިން ތަރުކާރީ އާއި މޭވާ އަށް ހިތް ޖެއް ސުމަށް އެންމެ ރަގަޅު އުމުރަކީ ޕްރީ ސްކޫލް އަހަރުތައް ކަމަށް އޭނާ ބުނެފައި ވެއެވެ.ކުއްޖެއްގެ އުމުރުން ފަސް އަހަރު ވާއިރު މިގޮތަށް ތަރުކާރީ އަށް ”އެކްސްޕޯސް“ ކުރެވިފައި ނުވާނަމަ ނުތަތަ ދަސްކޮށް ދެވިފައި ނުވާނަމަ އެކަމަށް މާލަސްވެއްޖެ ކަމަށްވެސް ވެދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.
އެހާ ޅައުމުރު ގައި އެގޮތަށް ތަރުކާރީ ކުއްޖާއަށް ތައާރަފް ނުކުރެވުނު ނަމަވެސް ފަހުންވެސް އެކަން ކުރެވުނަސް ދެން އެކަން ވާނީ ބުރަ ކަމަކަށް ކަން އޭނަ ފާހަގަ ކޮށްފައި ވެއެވެ.
ސްޓަޑީ ތަކުން ހާމަވެފައިވާ ގޮތުގައި ކުއްޖަކު ވަކި ތަރުކާރީ އަކަށް ”ލައިކް“ ކުރުވަން އެތައް ފަހަރަކު އެބާވަތެއް ކުއްޖާ އަށް ދާއްކާ،ދޭން ޖެހެއެވެ. މި ގޮތުން ބައެއްކުދިންނަށް 5 ފަހަރު ދީގެން ލައިކް ކުރުވޭ އިރު ބައެއްކުދިން ލައިކްވަނީ 15 ވަރަކަށް ފަހަރު ދޭފަހުންނެވެ.
ޕްރީ ސްކޫލް އުމުރުގެ ކުދިން ވަރަށް ގިނަ ފަހަރު އައު އެއްޗެތި ކާން ދެކޮޅު ހަދައެވެ. އެހެން ކަމުން އައު ބާވަތްތައް ތައާރަފް ކުރަން ރަގަޅީ މި އުމުރުގެ ކުރިންނެވެ. މާނައަކީ އެއްއަހަރާ ދެއަހަރާ ދެމެދުއެވެ.
ބައެއް ސްޓަޑީ ތަކުން ދައްކާ ގޮތުގައި ބަނޑުބޮޑުއިރު މަންމަ ގިނައިން ކާ ބާވަތްތައް ފަހުން ދަރިފުޅަށްވެސް މީރު ވެގެން ކައެވެ.
2 – ކެއުމުގައި ހިމަނާ ތަރުކާރީ ކޮޅު ފުރަތަމަ ތައްޓަށްލާށެވެ.
ކުދިންކައިރީގައި ތިޔައީ ހަށިގަނޑަށް ފައިދާހުރި އެއްޗެކޭ އަވަހަށް ކާލާށޭ ބުނެގެން ތަރުކާރީ ކާންދޭން އުޅެގެން އެކަން ނުވެދާނެއެވެ.ކުދިން އަބަދުވެސް ހޯދާނީ ރަގަޅު ކާނާއަށް ވުރެ މީރު ކާނާއެވެ. އެހެން ކަމުން އިޚްތިޔާރު ކުރަން ފުރުސަތު ނުދީ ފުރަތަމަވެސް ތަރުކާރީ ކޮޅު ތައްޓަށް ލާށެވެ. ކުދިން އެންމެ ބޮޑަށް ހައިވެފަ ތިބޭ ވަގުތު ދޭ އެއްޗެއް ކާލުމުގެ ފުރުސަތު ބޮޑުވާނެއެވެ.ހުރިހާ އެއްޗެއް އެއްކޮން ތައްޓަށް އަޅާނަމަ އެކުއްޖަކަށް މީރު އެއްޗެއް ފުރަތަމަ ކާލުމަށްފަހު ފެހި އޮއްކޮޅު ބާކީ ކޮށްލާތަން އާދެއެވެ.
ކެއުމަށް ފުރަތަމަ ތަރުކާރީ ދޭނަމަ ކުދިން ”އޯވަރ އީޓް“ ނުކުރުން ނުވަތަ މާގިނައިން ނުކެއުމަށްވެސް ބާރު އަޅާ ކަމަށް ޕެންސިލްވޭނިޔާ ސްޓޭޓް ޔުނިވަރސިޓީ ގެ ޕްރޮފެސަރ ބާބަރާ ރޯލްސް ބުނެފައި ވެއެވެ.
ހެނދުނުގެ ނާސްތާގައި އާންމުކޮން ތަރުކާރީ ބޭނުން ނުކުރިނަމަވެސް އެކަން އެގޮތަށް ނުކުރެވެންވީ ސަބަބެއް ނެތެވެ. މަޝްރޫމް ނުވަތަ ސްޕިނެޗް އަޅައިގެން ބިސްގަނޑު އެޅިދާނެއެވެ. އަދި މަފިންސް އަށް ޒުކީނީފަދަ ތަރުކާރީ ގާނާފަ އެޅިދާނެއެވެ.
3 – ”ހެލްދީ“ ބާވަތްތަކުގެ ”ޕޯޝަން“ އިތުރު ކުރަން ފަށާށެވެ.
ހެނދުނުގެ ނާސްތާގައި ތަރުކާރީ ހިމަނަން އުނދަގޫނަމަ މެންދުރުގެ ކެއުމުގައި ހައި ކެލޮރީ ހުންނަ ރޮއްޓާ،ބަތް އަދި މަސްފަދަ ބާވަތްތައް ދޭ މިންވަރު މަދުކޮށްފަ ތަރުކާރީ އިތުރު ކޮށްލާށެވެ. މިގޮތުން ތަރުކާރީ ސައިޑް ޑިޝް އެއް ދެވިދާނެއެވެ. އަދި ކެރެޓް ނުވަތަ ޒުކީނީ ފަދަ އެއްޗެތި ގާނާފަ އެކި އެއްޗިއްސާ އެއްކޮށްފަވެސް ދެވިދާނެއެވެ.
ސްޓަޑީ ތަކުން ހާމަވެފައިވާ ގޮތުގައި މީޓް ނުވަތަ މަސް ދޭ ”ރޭޝިއޯ“ މަދުކޮށް އެޔާއި އެއްވަރަށް ތަރުކާރީ އިތުރު ކުރާނަމަ ތަރުކާރީ ކާވަރު ގިނަ ވެއެވެ. ކުދިންގެ ކާތައްޓަށް އަޅާ ތަކެތީގެ 50 އިންސައްތައަކީ ތަރުކާރީ އާއި މޭވާ ކަމަށް ހަދައިފިނަމަ އެބާވަތްތައްކާވަރު ގިނައެވެ.
ކުއްޖަކު އިހުތިޔާރު ކުރަން ތަރުކާރީގެ ދެބާތެއް ނުވަތަ ތިން ބާވަތެއްދޭނަމަވެސް ކުދިން ތަރުކާރީ ކާލެއް ގިނަ ކަން ސްޓަޑީ ތަކުން ދައްކާފައި ވެއެވެ.
4 – ތަރުކާރީ ތަފާތު ގޮތްގޮތަށް ފެންނަން ހުންނަ ނަމަ ކުދިން ބޮޑަށް ޝައުގުވެރި ވެއެވެ.
ކުދިންނަށް ކެވޭ އެއްޗަކާމެދު ޚިޔާލު ކޮށްލާ މަޖާކޮށްލަމުން ކެވޭނަމަ ކުދިން އެއެއްޗަކަށް ހިތްޖެހޭލެއް އަވަސްވެއެވެ. އަހަރުވެން ބޮޑެތި މީހުންވެސް ކާން ނިންމާއެއްޗަކަށް ފުރަތަމަ ބަލަނީއެވެ.ކުދިން ނަށް ކާއެއްޗެތި އިޚްތިޔާރު ކުރަން ދީފިނަމަ، އެކުދިން އިޚްތިޔާރު ކުރާނީ އެންމެ ބަލާލަން ރީތި އަދި އެންމެ ”ފެމީލިއަރ“ ބާވަތްތަކެވެ.އެހެން ކަމުން އެބާވަތެއް ހުށަހެޅޭ ގޮތަކުން ކުދިން އެބާވަތެއް ކާލެއް ގިނަ ވާނެއެވެ.
ސްޓަޑީ އަކުން ހާމަވެފައިވާ ގޮތުގައި އާޓިސްޓިކް ގޮތަކަށް ތަށީގައި އަތުރާފައި ހުރިނަމަ ކުދިން އައު ބާވަތްތައްވެސް ކައިފާނެއެވެ.އަދި ޝައުގުވެރި ކުރުވަނިވި ޝޭޕް ތަކާއި ޑިޒައިން ތަކަށް ކޮށާ އަތުރާފަ ހުރިނަމަ ކުދިންގެ ޝައުގުވެރިކަން އަތުލައިގަނެވެއެވެ. މިގޮތުން ކޮކާލެއް ގޮތަށް މަލެއް ގޮތަށް އަދި ޓެޑީ ބެއާ އެއްގޮތަށް އަތުރާފައި ހުރިނަމަ ކުދިންނަށް މަޖާވެ، އެބާވަތެއް ކާލެއް ގިނަ ވާނެއެވެ.
ސިއްހަތަށް ފައިދާހުރި ތަރުކާރީ އާއި މޭވާ، ”ސްނެކް“ ކުރުމަށްޓަކާ ކުދިންނަށް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުންވެސް މުހިންމެވެ.
ކުދި އެތިކޮޅު ކޮޅުން އެއްކޮންޓެއިނަރ އަކަށް އަޅާފަ ތަފާތު ތަރުކާރީ ބަހައްޓާނަމަ 10 އަހަރާއި 13 އަހަރާދެމެދުގެ އުމުރު ފުރާގެ ކުދިންވެސް މާފަސޭހައިން އެއިން ސްނެކް ކުރާނެ ކަމަށް ވެއެވެ.
ޕްރީ ސްކޫލް އުމުރުގެ ކުދިންނަށްވެސް ތަފާތު ބައިބައި ލާފަ ހުންނަ ތައްޓަށް ކޮންމެ ބަޔަކަށް ވަކި އެއްޗެއް އަޅާފަ ދިނުމުން ކާލެއް ފަސޭހަ ކަމަށް ވެއެވެ.
5 – އެކަމަށް ފުރުސަތު އޮތްނަމަ ވީވަރަކުން ކުދިންނާ އެއްމޭޒަކަށް ކާން އަރާށެވެ.
މައިންބަފައިން ކާއެއްޗެއް ކުދިން ބަލާ ކޮޕީ ކުރެއެވެ. ބޮޑެތި މީހުން ތެލުލި އެއްޗެތި ފަދަ ”އަންހެލްދީ“ އެއްޗެތި ކާނަމަ ކުދިންވެސް އެދިމާލަށް ދާލެއް ފަސޭހަވާނެއެވެ.
ބެލެނިވެރިން ހެނދުނުގެ ނާސްތާ ނުނަގާ ފާސްޓް ފުޑް ކާން އާދަވެފައި ވާނަމަ އެބައެއްގެ ކުދިންވެސް އެގޮތަށް އާދަ ކުރެއެވެ.
ނިއުޒިލަންޑްގައި ހެދި ސްޓަޑީ އަކުން ހާމަވެފައިވާ ގޮތުގައި ހެލްދީ ޑައެޓް ގެންގުޅޭ ބެލެނިވެރިންގެ ދަރިން ކުދިކާނާ އާއި ކޭކް އަދި ޗޮކްލެޓް ފަދަ އެއްޗެތި ކާލެއް މަދެވެ.އެފަދަ ކުދިން މޭވާއާއި ތަރުކާރީ ކާލެއް ގިނަކަންވެސް ވަނީ ހާމަވެފައެވެ.
ހަފްތާއަކު މަދުވެގެން ތިންފަހަރު ކުދިންނާއެކު ކާން އެރުމުން ކުދިންގެ ބަރުދަން އިތުރު ވެގެން ނުދިއުމަށްވެސް އެހީތެރި ވާނެ ކަމަށް ވެއެވެ.ގަވާއިދުން މުޅި ފެމިލީ އެއްކޮން ކާންއަރާ ފެމިލީ ތަކުގެ މެމްބަރުންގެ ފިޓްނަސް ލެވެލް ވެސް ރަގަޅުވެ ލުއި ބުއިންތައް ބޭނުންކާވަރު މަދު ކަންވެސް ސްޓަޑީ ތަކުން ދައްކާފައި ވެއެވެ.
6- ކާގަޑިއަކީ އުފާވެރި މަޖާ ވަގުތު ކޮޅަކަށް ހަދާށެވެ.
ރިސަރޗަރުން ބުނާ ގޮތުގައި ވަކި ބާވަތެއްގެ ތަރުކާރީ އެއް ނުވަތަ މޭވާއެއް ކާން ކުދިންނަށް ”ޕްރެޝަރ“ ކުރާނަމަ ކުދިންނަށް އެބާވަތެއް ”އެންޖޯއީ“ ކުރެވޭ ވަރު ކުޑަވެ ”ހެލްދީ“ ޑައެޓްއަކާއި ހައްތަހާދުރަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ހަމަ އެގޮތަށް ވަކި ބާވަތެއް ހުސްކޮށްފިނަމަ އިނާމެއްގެ ގޮތުގައި ހައިފެޓް ނުވަތަ ހައިސުގަރ އެއްޗެއް ދިނުން އެއީވެސް ރަގަޅު ގޮތެއްނޫނެވެ.
އޭގެ ބަދަލުގައި ކެއުމަކީވެސް ކުޅިވަރެއްގޮތަށް ހަދައިފިނަމަ ނުކާން އުޅޭގޮތް ކުޑަކުރެވޭނެ ކަމަށް މާހިރުން ބުނެއެވެ. ކާށޭ ނުބުނެ ބީޓްރޫޓް ފަދަ އަތުގަ ކުލަހޭކޭ ތަރުކާރީ އާއި ބަލާލަން ރީތިކޮން ހުންނަ ފެހި އޮށް، ކޮޕީފަތް ފަދަ ބާވަތްތަކުގައި އަތްލާ، އެތަކެތި ތަޖުރިބާ ކުރުމަށް ފުރުސަތު ދޭނަމަވެސް ކުއްޖާ ބޮޑުވަމުން ދާވަރަކަށް އެތަކެތި ކާން ފަސްޖެހޭލެއް ކުޑަވާނެ ކަމަށް ރިސާޗަރުން ބުނެއެވެ. (ހަނދާން ކުރާށެވެ.މިތާގައި މިދައްކަނީ ޕްރީ ސްކޫލް ނުވަތަ އެއަށްވުރެވެސް ތުއްތު ކުދިންގެ ވާހަކައެވެ.)
މިއީ ބޭރު މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް އަމާޒު ކޮށް ލިޔެފައިވާ ބޭރުލިއުމެއްގެ ތަރުޖަމާއެކެވެ.
އަޅުގަނޑުމެންގެ ދިވެހި އާދަކާދަތަކަށް ބަލާއިރުވެސް ވީހާވެސް ލަ އުމުރެއްގައި ކުދިންނަށް ތަރުކާރީ އާއި މޭވާ ކާންދޭން ފަށާނަމަ ފަހުން އެކަން ކުރަން ފަސޭހަ ވެއެވެ. އަދި އެކުގައި ކާން އެރުމާއި ކުދިންގެ ކުރިމަތީގައި ބޮޑެތި މީހުން ”އަންހެލްދީ“ ކެއުންތައް ނުކެއުންފަދަ ކަންކަމަކީވެސް ކުދިން ފުރިހަމަ ސިއްހަތެއްގައި ބޮޑެތި ވަމުން އައުމަށް އެހީތެރިވާނެ ކަންކަމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް