ޕާކިސްތާނުގެ މާރުކޭޓެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 10 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ޕާކިސްތާނުގެ ހުޅަގު އުތުރުގެ ހިސާބެއްގެ މާރުކޭޓެއްގައި ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން 10 މީހުން މަރުވެ އިތުރު ތިރީހަށްވުރެގިނަ މީހުންނަށް އަނިޔާތައް ލިބިއްޖެއެވެ. ހާދިސާ ހިނގި ނައުރަންގ ބާޒާރުގެ މަންޒަރުތަކުން ފެންނަ ގޮތުގައި ބާރުގަދަ ގޮވުމުގެ ސަބަބުން ބައެއް ފިހާރަތަކުގެ މޫނުމަތިވަނީ އެއްކޮން ހަލާކުވެފައެވެ.އަދި ހަލާކުވެފައިވާ ބައެއް ވެހިކަލްތައްވެސް ފެނެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ނައުރަންގ މާރުކޭޓުގައި ގޮއްވާލިބޮން އުފުލާފައިވަނީ އޮޓޯ ރިކްޝޯއެއްގައެވެ.މިއީ އަފްޢާނިސްތާންގެ ބޯޑަރާ ކައިރި ހިސާބަކަށް ވާއިރު، ޓްރެފިކް ފުލުހުންގެ ދެފިރިހެނުންނާއި އަންހެނަކު މަރުވި މީހުންގެ ތެރޭގައި ހިމެނެއެވެ.ހާދިސާގައި ތިރީހަށްވުރެގިނަ މީހުންނަށް އެކި އަނިޔާތައް ލިބިފައިވާއިރު، ބޮޑަށް އަނިޔާވި މީހުން ބާނޫގެ ހޮސްޕިޓަލްތަކަށް ގެންދެވި ފަރުވާދެމުންދާކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ. ޓީއެޗްކިއު ހޮސްޕިޓަލުން ބުނި ގޮތުގައި އެހޮސްޕިޓަލަށް ގެންދިޔަ ބައެއްމީހުންގެ ހާލު ކްރިޓިކަލް އެވެ.އަންގާރަދުވަހުގެ ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައިނުވާއިރު،ހޮނިހިރު ދުވަހުވެސް ބާނޫ ޑިސްޓްރިކްޓްގެ ސެކިއުރިޓީ ޕޯސްޓަކަށް ދިން ބޮމުގެ ހަމަލާއެއްގައި ފުލުހުންގެ 21 މީހުން ވަނީ މަރުވެފައެވެ.ޕާކިސްތާން ފުލުހުން ތުހުމަތު ކުރާ ގޮތުގައި ދެހަމަލާވެސް ދީފައިވަނީ ތަހްރީކޭ ތާލިބާން ޕާކިސްތާން ކިޔާޖަމާއަތުންނެވެ.މިއީ އަފްޢާނިސްތާންގެ ޠާލިބާނުންނަށް މަދަދުވެރިވާ ހަތިޔާރުއެޅިޖަމާއަތެކެވެ.އަދި އެފަރާތުން ފަހަކަށް އައިސް އަންނަނީ ޕާކިސްތާންގެ ސަލާމަތީ ބާރުތަކަށް އަމާޒު ކޮށް ހަމަލާތައް ދެމުންނެވެ.ޠާލިބާން ސަރުކާރުން އަންގާރަދުވަހުވަނީ ޕާކިސްތާން ސަރުކާރުގެ ތުހުމަތުތައް ދޮގުކޮށްފައެވެ.ޕާކިސްތާނާއި އަފްޢާނިސްތާނާއި ދެމެދު ހަމަލާ ބަދަލު ކުރުންތައް އިތުރު ވެފައިވާއިރު ފެބްރުއަރީމަހުގެ ފަހުކޮޅުން ފެށިގެން ހިގި ހަމަލާތަކުގައި އެތައް ސަތޭކަމީހުން މަރުވެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް