ސަރުކާރުން ހިންގާ ކޮންމެ ކަމެއްގައިވެސް ދަނީ ރައްޔިތުންގެ ފައިސާއިން ބޮޑެތި އިސްރާފުތައް ކުރަމުން: މާރިޔާ

Loading

Facebook
Twitter
WhatsApp

މި ސަރުކާރުން ހިންގާ ކޮންމެ ކަމެއްގައިވެސް ދަނީ ރައްޔިތުންގެ ފައިސާއިން ބޮޑެތި އިސްރާފުތައް ކުރަމުން ކަމަށް އެމްޑީޕީ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީީޑިއާއެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ މި ސަރުކާރަކީ މިހާތަނަށް ރާއްޖެ ދުށް އެންމެ ޒިންމާދާރުކަން ކުޑަ ސަރުކާރު ކަމަށެވެ.
އެގޮތުން މާރިޔާ ވަނީ ސަރުކާރުން ހިންގާ ކޮންމެ ކަމެއްގައިވެސް ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތު ކުރައްވާފައެވެ.
އަދި އެ ފައިސާއަކީ ރައްޔިތުންގެ އެއްޗެއްކަމާއި އެ ފައިސާއަށް ހިޔާނަތްތެރިވާއިރު ރައްޔިތުންނަށް ހިޔާނާތްތެރިވެވޭކަން ސަރުކާރަށް ނޭނގޭކަމަށް މާރިޔާ ވިދާޅުވިއެވެ.
މި ސަރުކާރު ނުނިމި ބާކީ ދެން އޮތް ތިން އަހަރުވެސް ރައްޔިތުންނަށް ކަމެއް ކޮށްދެވޭތޯ މަސައްކަތް ކުރެއްވުމަށް މާރިޔާ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

Loading

One Response

  1. މާރީޔާ އަކީވެސް ގޮތެއްފޮތެއްނެތް ލަދެއްނެތް އަންހެނެއްކަން ވަނީ ހާމަކޮށްދީފައެވެ. އަދިވެސް ތަޢުބާވެ ރަނގަޅުމަގުގައި ހިގާނެ ތޯއްޗެކެވެ. އެމްޑީޕީގެ ހަލާކކުގައިވެސް މާރީޔާ ވަނީ ބައިވެރިވެފައެވެ. ދެރަކަމުގެ ކޮޅެއްވެސް ނެތެވެ.

Leave a Reply to މުންޖީ މުޙައްމަދު Cancel reply

ފަހުގެ އަޕްޑޭޓް