އާދަމް ޝަރީފާއި ޠާރިގް އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.
މި މަހުގެ 14 ވަނަ ދުވަހު އިސްތިއުފާ ދެއްވި 10 މިނިސްޓަރުންގެ ތެރޭގައި އާދަމް ޝަރީފާއި ތޯރިގް އިބްރާހީމް ހިމެނިވަޑައި ގަންނަވައެވެ.
އެގޮތުން ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގު އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކުރެއްވީ މީގެ ދެ ދުވަހެއް ކުރިންނެވެ. ދިޔާނާ އަށް އެ މަގާމު ދެއްވީ އިއްޔެއެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ ހިންގުމަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެ އިންތިހާބަށްފަހު ބައެއް ބައެއް މިނިސްޓަރުން ވަނީ އިސްތިއުފާ ދެއްވާފައެވެ.
![]()
