24 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަނީ

Loading

Facebook
Twitter
WhatsApp

24 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން އިއްޔެ ބުނީ މި މަހުގެ 16ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.
އަދި އައިޖީއެމްއެޗުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަމަށް ތުހުމަތު ކުރެވިގެން އެދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އަނިޔާ ލިބިފައިވަނީ 24 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށެވެ.

”މި މައްސަލަ ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން“ ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އަނިޔާ ލިބިފައިވާ ފަރާތަށް ބޭނުންވާ ޞިއްހީ ފަރުވާއާއި ސައިކޯސޯޝަލް އެހީތެރިކަން މިހާރު ފޯރުކޮށްދެމުންދާ ކަމަށެވެ

Loading

One Response

Leave a Reply to ޑެވިލް Cancel reply

ފަހުގެ އަޕްޑޭޓް