މަހުލޭ ރާއްޖޭގެ ވެރިކަން އަނގައިން

Loading

Facebook
Twitter
WhatsApp

މަހުލޭ ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮންނަގޮތުން ކޮންމެ ފަސްއަހަރަކުން ފަސްއަހަރަކުން ރިޔާސީ އިންތިޚާބެއް ބާއްވައި ރައްޔިތުން ވޯޓުލައިގެން ރައީސަކު ހޮވަން ޖެހެއެވެ. އެގޮތުން މަހުލޭ ރާއްޖޭގެ ވެރިކަމަށް ރައްޔިތުން އެވަގުތަކު ބޭނުންވާ މީހަކު ހޮވައެވެ. އެހެން ކަމުން ރާއްޖޭގެ ރައީސަކަށް ރައްޔިތުން ހަމަޖެއްސި ބޭފުޅަކީ ކުރިން ވެރިކަން ކުރެއްވި ބޭފުޅެއްގެ ކޮއްކޯފުޅު ކަމަށްވާ ރާޖާއެވެ. އެހެނަސް ވެރިކަން ބޭނުންވާ ބައެއްގެ ހިޔަޅު ރޭވުމެއްގެ ތެރެއިން މިދެންނެވި ރާޖާއަށް ކުރިމަތިލުމުގެ ފުރުޞަތު ގެއްލުވާލިއެވެ. އެހެނަސް އެހިނދު ރައްޔިތުންގެ ތާއީދު އޮތީ ރާޖާއަށް ކަމުން ރައްޔިތުން ވޯޓުދިނީ ރާޖާވިދާޅުވި ބޭފުޅަކަށެވެ.


އެގޮތުގެ މަތީން ރިޔާސީ އިންތިޚާބުގެ ކެންޕެެއިން ކުރައްވަމުން ގެންދިޔައީ ވެރިކަމުގެ ބާނީއަކީ ރާޖާކަމަށް ބަލައިގެންނެވެ. އެހެނަސް އެމަނިކުފާނަށް އެދަނޑިވަޅު ކެމްޕޭނުގައި ބައިވެރި ވެވެން ނެތުމާއެކު އެމަނިކުފާނުގެ ނަންފުޅުގައި ހުސްގޮނޑި ކޮޅެއް ބަހައްޓައި އެމަނިކުފާނުގެ ސަޕޯޓަރުންނަށް އަވާމެންދުރު ދެއްކިއެވެ. މަހުލޭ ރާއްޖޭގެ ރައްޔިތުން ރިޔާސީ އިންތިޚާބުގެ ވޯޓުދިނީ ރާޖާއަށެވެ. ނަމަވެސް މަކަރުވެރިއެއްގެ ދަލުގައި ރައްޔިތުންޖެހި ވެރިކަމަށް ގެނުވުނީ ވެރިކަމުގެ ހުރިހާކަމެއް އަނގައިން ހަމަޖައްސައިދޭ މީހެކެވެ. ރާޖާވިދާޅުވި ގޮތައް މަހުލޭ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނީވެސް ރާޖާއަށެވެ. ކަންހިގައި ދިޔައީ ބުނެވޭގޮތުގައި މިހެންނެވެ.


ކޮންމެއަކަސް ރައްޔިތުން ރިޔާސީ އިންތިޚާބުގެ ވޯޓުލައި ރާޖާ ދެއްކި މީހާ ވެރިކަމަށް ގެނައެވެ. ރައްޔިތުން ހީކުރީ ރާޖާގެ ބަސް ގަބޫލު ކޮށްގެން ރައްޔިތުން ކުރި މަސައްކަތުން މަހުލޭ ރާއްޖެއަށް އިލާހީ ރަޙުމަތެއް ފޮނުއްވީ ކަމަށެވެ. ރާޖާގެ ބަހަށް ރައްޔިތުން ހޮވައިދިން ވެރިއަކީ ވަރަށް އޯގާވެރި ހެޔޮލަފާ ބަސްތަކުން ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަން ގެނެސް ދެއްވާ މަހުލޭ ރާއްޖޭގެ ވެރިކަން އެބޭފުޅާ ފެށްޓެވިއެވެ.
ދެން ރައީސް ޑޮކްޓަރު ހެއްދެވި ގޮތަކީ އުއްތަމަ ފަނޑިޔާރު މަހުލޭރައްޖޭގެ ރައީސްގެ ހޮލިޑޭގާޑަން އަށް ގެންދަވާ ދެބޭފުޅުން ވާހަކަފުޅު ދެއްކެވުމަށްފަހު ފަނޑިޔާގޭ ތަޅުދަނޑި ރައީސް ޑޮކްޓަރު ނަންގަވައިފިއެވެ.

ދެކެވުނު ވާހަކައެއް ނޭނގުނު ނަމަވެސް ދޭން ނުޖެހޭ ތަޅުދަނޑިއެއް ދޭންޖެހުނު ސަބަބުތަކެއްވެސް ހުންނާނެތާއެވެ. އެއްގޮތަކީ ކަމަށް ގިނަބަޔަކު ބުނީ އެއީ ފައިސާއާއި ޢިއްޒަތް ދިނުންކަމަށެވެ. ދެވަނަ ގޮތަކީ ބިރުދައްކައިގެން ތަޅުދަނޑި ހޯދުމެވެ.

ކޮންމެއަކަސް ހެއްދެވި ގޮތެއް ހައްދައިވައިގެން ޑޮކްޓަރު ފަނޑިޔާރުގޭ ތަޅުދަނޑި އަތުލައްވައިފިއެވެ. ދެން ކުރެއްވި ކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ޕާޓީގެ މެމްބަރުން ކަމުގައި ހެއްދެވިއެވެ. ކުރިން ފަނޑިޔާރުގެ ތަޅުދަނޑި އަތުލެއްވީ މަޖިލީހުގެ މެންބަރުން ސައިޒު ކުރުމުން އެއީ ބޮޑު މައްސަލައެއްކަމަށް ވާނޭ ކަމާއި އެއީ ގާނޫނާއި ޚިލާފަށް ކުރެއްވި ކަމެއްކަމަށް ވާތީ ފަނޑިޔާރުގެ މުސްތަގިއްލު ވެއްޖެނަމަ ދެ ބާރު އަތުން ދޫކުރަން މަޖުބޫރުވާނޭ ކަން އެނގިވަޑައިގެން ޑޮކްޓަރު ރައީސް ކުރެއްވި ކަމެކެވެ.

ޑޮކްޓަރ ރައީސްއަކީ ވަރަށް އޮގާތެރި އަދި ރައްޔިތަކު ދުލުންބުނެފި ކޮންމެކަމެއް ވިޔަސް އެމީހަކު އެދޭގޮތަށްވުރެ މާރަނޅަށް އެކަމެއް ކޮށް ދެއްވާނެއެވެ. އެކަމަކު އެކަން ކޮށްދެއްވަނީ ( އަނގައިންނެވެ.) އެހެން ކަމުން އަނގައިން ކިތަންމެ މަޝްރޫޢެއް ފައްޓަވައި ދެއްވިނަމަވެސް އެމަޝްރޫޢެއްގެ މަސައްކަތް ހިނގާތަނެއް ހަމަ ކޮޅަކަށް ނުފެނެއެވެ. ގެންގުޅުއްވާ އަރިސްބޭފުޅުން ވެސް، ހަމަ އެވެރެވެ. ދޮގު ހެދުމުގެ އިންތިހާއެވެ.

އަޅުގަނޑަށް އެންމެ މޮޅު ތަންކޮޅަކީ އޮޅިގެން ނޫންގޮތަކަށް ތެދުފުޅެއް ނުހެއްދެވޭ ކަމެވެ. އަނެއް ކޮޅުން މަހުލޭރާއްޖޭގެ ރައީސްއަކީ ރައީސްކަން ލިބިވަޑައިގަތުމުން ރައްޔިތުންގެ ވިންދަކަށް ރައްޔިތުން ބުނެފާނޭ ބަހަކަށް ކޮށްފާނޭ ކަމަކަށް ވިސްނާވަޑައިގަންނަވަން ޖެހޭ ރައީސެއްނޫނުނެވެ. އެއީ ދައުލަތުގެ އެންމެހައި ބާރުތަކާއި ގޭންގުތައް އެމީހާގެ މުށުތެރޭގައި އޮތަތީއެވެ.

މަނިކުފާނު ވިދާޅުވެފައި ވެއެވެ. ”ޑޮލަރު މައްޗަކަށް ނަރާނެއޭ ނައަރާނެއޭ ދާނީ ތިރިއަށޭދާނީ“ އެއީ ހަމަ ވަރަށް ބޮޑު ތެދުފުޅެއްކަށް އަރިހުބޭކަލުން ބުނެއެވެ. މައްޗަށް އަރައިގެން އެ އުޅެނީ ޑޮލަރެއްނޫން ތާއެވެ. މައްޗަށް އަރަމުން ދަނީ ޑޮލަރު ރޭޓެވެ. ޑޮލަރެއް ނޫންކަނުގައި ހަސަނު ބުންޏެވެ.

ރައްޔިތުން ހަދަނީ ދޮގުކަމަށާއި ރައްޔިތުން ބޭނުންވާ ހުރިހާކަމެއް އަދި ހުރިހާ ދޮރެއް މިކުންފުނީގެ ފަރާތުން ރައީސް ހުޅުވާ ދެއްވާފައިވާ ކަމަށާއި އެކަންކަން ރައްޔިތުންނަށް ޙާޞިލް ނުވާނަމަ އެއީ އެކަން ކުރަން ޙަވާލުވި ފަރާތުގެ އިހުމާލުން އެކަން އެކަން ނުވަނީ ކަމަށާއި އެފަދަ މައްސަލަތައް ބަލައި އެފަރާތަކަށް ވަޒީފާގެ ކުރިއެރުން ދެއްވާ ގޮތަށް ރައީސް މީހާ ހަމަޖައްސަވާފައިވާ ކަމަށެވެ. އެހާވެސް ހެޔޮފުޅުކަމުން އިންތިހާއެވެ.

މަހުލޭ ރައްޖޭގެ ރައީސަކީ މީހުނަށް މަކަރާއި ޙީލަތް ފަޅުއްވާ ބޭފުޅެއްނޫނެވެ.

ދައުލަތުގެ ޚަޒާނާ ބޭނުންފުޅު ގޮތަކަށް ބޭނުން ކޮށްލެވޭ ގޮތަށް އޮތްހިނދު މީހުންގެ ފޮށި ފެޅުމުގެ ބޭނުމެއް ނެތްތާއެވެ. ދުނިޔެކާނީ މަކަރާއި ޖަހައިގެން ކަމުގައި ހަސަނު އަޅުގަނޑަށް ބުނެދިނެވެ.

Loading

2 Responses

  1. ނޫސްވެރިޔާ ލިޔުއްވާ ކޮންމެ ލިޔުމަކީ އޭގެޒިންމާ އަދާކުރައްވަންޖެހޭ އެއްޗެއްކަން ދަންނާށެވެ!

  2. ގަހަލަ، ކީއްވެ މަހުލޭ ރާއްޖެ ލިޔެފައެވަނީ؟ ސަބަބެއް ވާނެތާ ލިޔުންތެރިޔާގެ ބަނޑުގައި ނަމަވެސް!

Leave a Reply to މުންޖީ މުޙައްމަދު Cancel reply

ފަހުގެ އަޕްޑޭޓް