ބޭރުގެ ކުންފުންޏަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ކުއްޔަށްދިނުމާ ގުޅޭގޮތުން ގިނަ ބައެއްގެ ކަންބޮޑުވުން އެމަނިކުފާނާ ހިއްސާކުރަމުން ދާކަމަށް، ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދިވެހިންގެ އަތުގައި އޮތް އެންމެ އަގުބޮޑު، އަދި އިސްތިރާޖީގޮތުން އެންމެ މުހިންމު އެސެޓް ކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މި ވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭރުގެ ކުންފުންޏަކަށް 25 އަހަރަށް ކުއްޔަށްދޭން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާ ދުވަސްވަރެއްގައެވެ.
އަދި މިހާތަނަށްވެސް ދިވެހިންގެ ފުރިހަމަ ބާރުހިނގާ ތަނެއްގެ ގޮތުގައި އޮތީ އެތައް ބައިވަރު ދިވެހިންގެ ނުހަނު ބުރަ މަސައްކަތުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންކަމާއެކު، މި ކަމުގަައި ދިވެހިންގެ ކަންބޮޑުވުން އައްސަވައި، އެ ކަމަށް ފުރިހަމަޔަށް ޖަވާބުދާރީވެވަޑައިގަތުމަށް އެމަނިކުފާނު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
![]()

2 Responses
Massage parlour ge laari madhuvaa varakah
mikahala molhu vaahakathah nikunnaane
Molhu dhogu document ge gasaadhaveriyaa
އިމްރާނަކީ ދިވެހިން ޖެހިދާނެ ހާލަކައް ނުބަލާންވެގެންގޮސް ބެންކޮކުގަ ދިރިއުޅެމުންދާ ބޭެކަލެއް. ދެންކޮންކަމަކާ ކަންބޮޑުވާނީ؟