ވެލާނާ އެއަރޕޯޓުގެ މައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާކަމަށް ޝައިޚް ޢިމްރާން ވިދާޅުވެއްޖެ

Loading

July 6, 2025
profile
Facebook
Twitter
WhatsApp

ބޭރުގެ ކުންފުންޏަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ކުއްޔަށްދިނުމާ ގުޅޭގޮތުން ގިނަ ބައެއްގެ ކަންބޮޑުވުން އެމަނިކުފާނާ ހިއްސާކުރަމުން ދާކަމަށް، ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ‏ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދިވެހިންގެ އަތުގައި އޮތް އެންމެ އަގުބޮޑު، އަދި އިސްތިރާޖީގޮތުން އެންމެ މުހިންމު އެސެޓް ކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި މި ވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭރުގެ ކުންފުންޏަކަށް 25 އަހަރަށް ކުއްޔަށްދޭން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާ ދުވަސްވަރެއްގައެވެ.

އަދި މިހާތަނަށްވެސް ދިވެހިންގެ ފުރިހަމަ ބާރުހިނގާ ތަނެއްގެ ގޮތުގައި އޮތީ އެތައް ބައިވަރު ދިވެހިންގެ ނުހަނު ބުރަ މަސައްކަތުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމާއެކު، މި ކަމުގަައި ދިވެހިންގެ ކަންބޮޑުވުން އައްސަވައި، އެ ކަމަށް ފުރިހަމަޔަށް ޖަވާބުދާރީވެވަޑައިގަތުމަށް އެމަނިކުފާނު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

Loading

2 Responses

  1. Massage parlour ge laari madhuvaa varakah
    mikahala molhu vaahakathah nikunnaane
    Molhu dhogu document ge gasaadhaveriyaa

  2. އިމްރާނަކީ ދިވެހިން ޖެހިދާނެ ހާލަކައް ނުބަލާންވެގެންގޮސް ބެންކޮކުގަ ދިރިއުޅެމުންދާ ބޭެކަލެއް. ދެންކޮންކަމަކާ ކަންބޮޑުވާނީ؟

Leave a Reply to ިސައިކަލްމީހާ Cancel reply

ފަހުގެ އަޕްޑޭޓް