އީރާން އިސްރާޢީލުގެ ހަނގުރާމައަށް ބަލާލުމެއް

Loading

Facebook
Twitter
WhatsApp

މިހާރު ހިނގަމުންދާ މެދުއިރުމަތީގެ ހަނގުރާމަ ދިރާސާކޮށް ގެނެސްދޭ މި ލިިޔުމަކީ އެއްވެސް ޙާލެއްގައި ސުންނީ އަދި ޝިޔަޢީ ނުވަތަ އެހެންވެސް މަޒުހަބެއްގެ ކޯޅުމެއްކަމަށް ބެލެވެންނެތް ކޯޅުމެއްގެ ގޮތުގައި ބެލުން އެދެމެވެ.

އެހެނީ މުޅިދުނިޔޭގެ ބޮޑު މެޖޯރިޓީ ދެކޭގޮތްކަމަށް ވުމުންނެވެ.  އަދި ގިނަ މުސްލިމުން ދެކޭގޮތުގައި މިއީ މިއީ މުހައްމަދުގެފާނުގެ އުންމަތަށް ދެވޭ ޙަމަލާއެކެވެ. ކުރިން ބުނެވިދިޔަ ދެ ގްރޫޕްގެ ޢަގީދާގެ މައްސަލައެއްގައި ވަކިފަރާތަކަށް ޖެހިލެވިގެން ހުރެވެން ނެތް ގަތުލުއާންމެއް ކަމަށް ވުމުންވެސް މެއެވެ.

ފަލަސްތީނު ފޭރިގަނެގެން ތިބި ޒައަނިސްޓް އިސްރާޢީލުން ބުނެފައިވަނީ މިއީ އިސްލާމީ ނަސްލެއް ނައްތާލުމަށް ފެށިފައިވާ ހަނގުރާމައެއް ކަމަށެވެ. އެ މީހުން އެފަދަ އިން ލައިވް ޓީވީ ކުރިމަޓީ ބުނަމުން ގެންދަނީ ސިއްރަކުންނޫނެވެ.

ހަނގުރާމަ ފުޅާވަމުންގޮސް މިހާރު މިއޮތީ ސީދާ ޒައަނިސްޓުންގެ މަދަދުގާރު އެމެރިކާ ސީދާ، އިސްރާޢީލާއި ފަލަސްތީނުގެ ހަނގުރާމައިގެ ތެރެއަށް ވަދެފައެވެ. އެގޮތުން ޢަރަބި ގައުމުތަކުން އިސްރާޢީލާއި ސިއްރު ޑީލްތައްހަދައި ފަލަސްތީނުގެ ގާޒާ އެއްކޮށް ސުންނާފަތި ކޮށްލައި އެތަކެއް ހާސް ބަޔަކު މަރައި މިލިޔަނަކަށްވުރެ ގިނަ މުސްލިމުން މަގުމަތިކޮށް ޙާލުގައި ޖައްސައި ކާބޯތަކެތި ލިބުނަނުދީ ބަނޑަށް މަރުވަމުންދާއިރުވެސް އަޅާނުލައި ތިބީއެވެ.

ދެން ފެނި އެނގެމުން ދިޔައީ އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ހަމަ ސީދާ ފައުޅުގައި ޒައަނިސްޓުންނާއި އެމީހުންގެ ބައިވެރީންނާއި ޖިހާދުކުރަމުންދާ މުސްލިމުންނަށް ހުރިހާގޮތަކުން އެހީތެރިކަން ފޯރުކޮށްދެމުން ދާކަމެވެ. އަދި ކަމެއްކުރަން ނުކެރި ޑީލް ޢަދުއްވުންނާއި ޑީލް ހަދައިގެން ތިބި ޢަރަބީ ވެރީންނަަށް އެ އަނިޔާތައް ހުއްޓުވުމުގެ ބާރެއް ކެރުމެއް ނެތުމުން އެބައިމީހުންގެ ގިނަ މުއްލާތަށް ސުންނީ – ޝިޢާއީ ކާޑްކުޅެން ފެށިތަނެވެ. އެހެނަސް އެމިޔާ“ ޝިޢާއިން “ ތަފާތުކަން ދެއްކައިފިއެވެ. އެގޮތުން އީރަނުގެ ވެރިޔާ އާޔަތު ﷲ އަލީ ޚާމަނާއި އީރާނުން ފަލަސްތީނުގެ ގާޒާ އާއި އެހެނިހެންވެސް، ޒައަނިސްޓް އިސްރާޢީލާ ޖިހާދުކުރަމުން ގެންދާ މުސްލިމް ޖަމާޢަތްތަކަށް ހަތިޔާރާއި އެމީހުން ދިފާޢުވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފައެވެ.

އެހިސާބުން މިހާރު މިވަނީ ޒައަނިސްޓުންގެ ވެރިޔާ އެމެރިކާގެ ރައީސް ޓްރަމްޕް ސީދާ އިސްރާޢީލުގެ ފަނާކުރަނިވި ހަނގުރާމައިގެ ތެރައަށް ވަދެފައެވެ. އޭނާގެ ބަހުން ބުނެފައިވަނީ އަހަރެން އިސްރާޢީލު ޙިމާޔަތް ކުރުމަށް (ޓު ފިނިޝް ދަ ޖޮބް) އެހީ ވާނޭ ކަމަށެވެ.

ޒައަނިސްޓު އިސްރާޢީލުގެ ޖެނޮސައިޑް ހަނގުރާމަ ފުޅާވެ ގަލްފުގެ ގައުމުތަކަށް ފެތުރުމުގެ ބިރުވެރިކަން ފެތުރިފައިވާ މިދަނޑިވަޅު އެމެރިކާއިން ސީދާ އީރާނަށް ޙަމަލާދިނުމުން އީރާނުން ސީދާ އިސްރާޢީލަށް ބޮޑެތި ފަނާކުރަނިވި ޙަމަލާތަކެއްވެސް ދެމުން އެބަދެއެވެ.

ޢަރަބި އިސްލާމީ ލީޑަރުންގެ އެހީތެރިކަން އޮތީ ޒައަނިސްޓް އިސްރާޢީލާއި އެބައިމީހުންގެ ވެރިޔާ އެމެރިކާގެ ރައީސް ޓްރަމްޕް އާއި އެކުގައިކަން އެމީހުންގެ ޢަމަލުންދައްކުވައިފިއެވެ. އަދި ހަމަ މަޒުހަބު ކާޑް ކުޅި ކުއްލިއަކަށް މިހަނގުރާމަޔަކީ ޝިޢާއިންނާއި ޒައަނިސްޓުންނާއި ދެމެދު ކުރެވޭ ހަނގުރާމައެއްކަމަށް ސިފަ ކުރަންފަށައިފިެވެ. އެގޮތުން އީރާނުން އިސްރާޢީލަށް ދެމުންގެންދާ  ޙަމަލާތައް ހުށްޓުވުމުގެ ބުރަ މަސްކަތުގައި ޢަރަބި ލީޑަރުން ބައިވެރި ވެއްޖެއެވެ. އެގޮތުން އީރާނުން ފޮނުވާލާ ޙަމަލާތައް އެތަށްފަށަލައެއް ފޫއަޅުވާލަންޖެހެވެ. ޖައްވުތެރޭގައި އެ ޙަމަލާތައް ނައްތާލުމަށް ގަލްފުތެރޭގައި ޙަރަކާތްތެރި ވަމުންގެންދާ އެމެރިކަން މަނަވަރުތައް، އެއަށްފަހު އިރާގުގައި ހުރި އެމެރިކާގެ މިލިޓްރީ ބޭސްތައް، ދެން ޖޯރޑްންގެ އެއާރޑިފެންސް ސިސްޓަމް، އަދި ރެޑް ސީގެތެރޭގައި ޙަރަކާތްތެރި ވަމުންގެންދާ އެމެރިކާގެ މަނަވަރުތައް، މިހުރިހާ ދިފާއުތަކެއް ފޫއަޅުވާލުމަށްފަހު ދެން ކުރިމަތިލާން ޖެހެނީ މެޑިޓެރޭނިއަން ކަނޑުގައި ޙަރަކާތްތެރިވަމުން ގެންދާ އެމެރިކާ އިނގިރޭސި ވިލާތް އަދި ފަރަންސޭސި މަނަވަރުތަކުގެ ދިފާއީ ނިޒާމަށެވެ.

މި ހުރިހާ ދިފާއުތަކުން ނެއްޓިގަނެގެން ކިތަންމެ މަދު މިސައިލަކުން އިސްރާއީލަށް ޙަމަލާ އަމާޒުވެގެން ދިއުމަކީ މުޅި އިސްލާމީ އުންމަތް މިއަދު އީރާނަށް ތައުރީފް ކުރަން ޖެހޭ ކަމެކެވެ. ހުޅަނގުގެ ބާރުތަކާއެކު ބައެއް އިސްލާމީ ގައުމުތައްވެސް ބައިވެރިވެގެން އިސްރާއީލުގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖިހާދު ކުރާއިރު އީރާނު ގިނިކަންޏާއެވެ. އެންމެއުފާ ކުރަންޖެހޭ އެއްކަމަކީ އީރާނުން ބޭނުން ކުރަނީ އީރާނުގެ އަމިއްލަ އުފެއްދުން ކަމަށްވާތީއެވެ.

އީރާނުން އަލަށް އިސްކުރެއްވި  ޗީފް އޮފް އާރމީގެ އިންޒާރު ހައިފާ ތެލް އަވީވް އަދި އެހެން ސިޓީތަކަށް ދެން ފެންނާނީ ކަލޭމެން ހިތަށްވެސް ނުގެނެވޭ ފަދަ ވީރާނާ ކުރަނިވި ޙަމަލާތަކެއް ކަމަށާއި ފަލަސްތީނުގެ ބިމުން ފޭބުމަށް އިންޒާރު ދެއްވާފައި ވެއެވެ. ފުރާނަ ސަލާމަތް ކުރަން ބޭނުންނަމަ ގައުމު ދޫކޮށް އެމީހަކު ފަލަސްތީނުގެ ބިމަށް އައި ތިމާމެންގެ އަމިއްލަ ގައުމަށް ދިއުމަށްވެސް ވިދާޅުވެފާ ވެއެވެ. ވަގުތެއް ނެތްކަން ހަނދާން ކުރާށެވެ. މިއީ މިލިޓްރީ ތަމްރީނު ތަކެއްނޫނެވެ. އަހަރެމެންނަށް ފުރުސަތެއް ނުދެޔޭ ފަހުން ނުބުނާށެވެ.

އީރާނުން މިހާރު ގެންދަނީ ޙަމަލާތައް މީޑިއާއަށްވެސް ދައްކަމުންނެވެ. އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން އެންމެފަހުގެ ނިންމުން ޢިއުލާން ކުރަމުން އިސްރާއީލަށް އިންޒާރު ދީފައިވަނީ އިސްރާއީލުގެ ރޭގަނޑު ދުވާލަށް ބަދަލުކޮށްލާނެ ކަމަށެވެ.

އީރާނުގެ އެންމެ ފަހުގެ ޙަމަލާތަކުގައި އިސްރާއީލުގެ މޮސާޑް ހެޑް ކުއާޓަރސް އިންޓެލިޖެންސް ޔުނިޓް 8200 އިސްރާއީލް ޖެނެރަލަ ސްޓާފް ހެޑްކުއާޓަރސް ދިފާޢީ ވުޒާރާ ރަފައެލް ޑިފެންސް ފެކްޓްރީ ބައިއޯކެމިކަލް ފެސިލިޓީސް، ނިއުކްލިއަރ އިންސްޓަލޭޝަން ރަޙުމަތު ޑޭވިޑް އެއާރބޭސް، ހައިފާ އޮއިލް ރިފައިނަރީ ހެޑްކުއާޓަރސް، ދީފައިވާ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން އިސްރާއީލް އޮތީ ބަންޑުން ވެއްޓިފައެވެ.

އިސްރާއީލުން އޮބިނޯވެގެން ޓްރަމްޕްއަށް އާދޭސްކުރަމުން ގެންދިއުމާއެކު ޓްރަމްޕް މިހާރު ވަނީ އިސްރާޢީލު ބާރުވެރިކުރުމަށް “ އީރާނުގެ މައްސަލަ ނިންމުމަށްޓަކައި “ އީރާނުގެ ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއި ޝަހީދުކޮށްލަން އެއްބަސް ވެފައެވެ. އެމެރިކާއިން ބޭނުންވަނީ ލީބިޔާ އާއި އިރާގެކޭ އެއްގޮތަށް އީރާނުގެ ރެޖީމް ބަދަލުކޮށް ކުރީގައި އީރާން ގައިހުރި ވަޚުޝީ ޝާހްގެ ދަރި އަނބުރާ އީރާނުގެ ވެރިކަމަށް އިސްކުރުންކަމުގައިވެސް ބުނެފައިވެއެވެ. އޭނާ އަކީ އިސްރާޢީލުގެ ވަގިވެރި ޒައަނިސްޓެއްކަމުގައި މީޑިޔާގައި ބުނެފައުވެއެވެ.

ހުޅަނގުގެ މީޑިއާތަކުންވެސް އީރާނުގައި ހުރިކަހަލަ ވަރުގަދަ މިސާލެއް އެމީހުން އަތުގައި ނެތްކަމަށް އެއްބަސްވެއެވެ. އިސްރާއީލުގެ އާންމު ރައްޔިތުންވެސް މަގުތަކަށް ނިކުމެ ހަނގުރާމަ ހުއްޓާލުމަށް އެދި އާދޭސްކުރަމުން ގެންދާ މަންޒަރު އާންމުވެއްޖެއެވެ. ވާނީވެސް އެހެންތާއެވެ. ބައެއްގެ ބިންގަދަކަމުން ފޭރިގެން އެމެރިކާގެ ހެނހީގައި އަރާމުކޮށް އުލޭތާ 70 ވަރަކަށް އަހަރު ވެއްޖެއެވެ. އެމީހުންގައިގާ އެތިފަހަރެއް ޖަހާނެ މީހަކުނެތެވެ. ކުއްލިއަކަށް ކޮޅުބަދަލުވެ ގާޒާގައި އެމީހުން ހިންގި ޖަރީމާގެ އަގުދައްކަން އީރާނުން މަޖުބޫރުކޮށްފިއެވެ. ޙަމަލާތައް ދުވަހުން ދުވަހަކަށް ވަރުގަދަވަމުން ދާނޭކަމުގެ އިނޒާރު އީރާނުން ދަނީ ދެމުންނެވެ. އީރާނުގެ ވެރިޔާ ވިދާޅުވެފައިވެއެވެ. އީރާނުގެ ވެރިޔާ ވިދާޅުވެފައިވަނީ މަރާކުރިމަތިލާން ނުކެރާބަޔަކަށް ދީނަށްޓަކައި ޖިހާދުގެ ވާހަކަ ނުދެއްކުމަށެވެ. ﷲގެ މަގުގައި ޖިހާދުކޮށް މަރުވެދިއުމަކީ އުފާކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އެހެނީ އެނާ މަރުވީއަކީ ނޫނެވެ. އޭނާ ޝަހީދުވީއެވެ.

އިސްރާއީލުގެ މީޑިއާއިން ބުނެފައިވާ ގޮތުގައި އެމީހުންގެ ޙަމަލާގައި އީރާނުގެ ކުރީގެ ރައީސް މަހްމޫދު ނެޖާދުވެސް މިހާރު ވާނީ ޝަހީދު ކޮށްލާފައެވެ.

މިއަދު އީރާން، މާދަމާ އަލްޖީރިއާ އަނެއްދުވަހު ޕާކިސްތާން ދެން ތުރުކީ މިކަމާއި ދޭތެރޭ މުސްލިމް ގައުމުތަކުން ވިސްނަން ޖެހޭނެއެވެ. މިއަދު އީރާން އެކަނި ކޮށްލީމާ މާދަމާ އެއިން ގައުމަކާ އެހީވެދޭނެ މީހަކުވެސް ނުހުންނާނެކަން ދަންނަން ޖެހޭނެއެވެ. އީރާނު ވެއްޓިއްޖެނަމަ ކުރިއަށް އޮތް 150 އަހަރު އެއްވެސް މުސްލިމް ގައުމަކަށް ހިންދެމިލާނެ ފުރުސަތެއް ނުލިބޭނެއެވެ. މިހާރަށްވުރެވެސް ބޮޑަށް ކާފަރު ޒައަނިސްޓުންގެ އަޅުވެތިކަމުއި އުޅެންޖެހޭނެއެވެ.

އީރާނުން ފުރަތަމަ ދިން ޙަމަލާތަކުގައި ބައެއް މިސައިލް ޖައްވުތެރެއަށް ހަލާކު ކޮށްލެވިފައިވީ ނަމަވެސް މިހާރު އިސްރާއީލުގެ ދިފާއީ ނިޒާމުތައް ހަލާކުކޮށްލެވިފައިވުމާއެކު އީރާނުގެ ޙަމަލާތައް ހުއްޓުވިދާނެ ގޮތެއް އިސްރާއީލަކަށް ނެތެވެ. އެމެރިކާގެ ރައީސް ވިދާޅުވެފައި ވަނީ އެމެރިކާގެ ބައިވެރިވުމާ ނުލައި އީރާނާ ދެކޮޅަށް ދެން 12 ދުވަހުވެސް އިސްރާއީލަށް ހިފާއްޓާ ނުލެވޭނެ ކަމަށެވެ. އެމެރިކާގެ މަގުތައްފުރާލައި އިސްރާޢީލުގެ ހަނގުމާރަތަކުގައި އެމެރިކާ ބައިވެރިނުވުމަށް ގޮވަމުން އެބަދެއެވެ.

އެންމެފަހުގެ ރިޕޯޓްތައް ބުނާގޮތުގައި ރައީސް ޓްރަމްޕް 90 މިނިޓްވަންދެން އިމަރޖެންސީ ބައްދަލުވުމެއް ބާއްވައިފިއެވެ. އީރާނަށް ސުލްޙައިގެ ވާހަކައާއިގެން ދެން މަންދޫބުން ނުފޮނުވޭނެއެވެ. އިސްރާއީލުން އީރާނުގެ ޙަމަލާތަކަށް ރައްދު ނުދެވޭނެތީވެ އެމެރިކާއިން ރަސްމީގޮތުން ހަނގުރާމައިގެ ތެރެއަށް ވަންނަން ނިންމީ ކަމުގައި ވެއެވެ. އަދި ޖަރުމަނާއި އިނގިރޭސި ވިލާތާއި ފަރަނަސޭސި ވިލާތުންވެސް އެމެރިކާގެ ފަހަތުގައި ތިބެން ކަނޑައަޅައިފިއެވެ. މި ގުރޫޕުގެ ނިންމުމަކީ އީރާނަށް ހަމަލާދީ ހަމަ އިރާގު، ލީބިޔާ، އަފުގާނިސްތާނަށް ހަދާލިހެން ފަނާކޮށްލުމެވެ.

އީރާނަށް ހަމަލާދޭން އިސްރާއީލުން ބޭނުންކުރި އެމެރިކާގެ އެފް-35 މަރުކާގެ ހަނގުރާމަމަތީ  4 ޖެޓް އީރާނުން ވައްޓާލިކަން ޢިއުލާން ކުރުމުން ހުޅަނގުގެ ގައުމުތަކުން އެކަން ގަބޫލެއް ނުކުރިއެވެ. އެފް-35 މަރުކާގެ ހަނގުރާމަތީ ޖެޓަކީ މިވަގުތު ދުނިޔޭގައި ބޭނުންކުރެވޭ އެންމެ އަގުބޮޑު އަދި ރައްދު ޙަމަލާ އަމާޒު ކުރުން އެންމެ އުދަނގޫ ޖެޓް އެވެ. އެހެންނަމަވެސް އެ ޖެޓްތަކުގެ ހަލާކު ކޮށްލާފައިވާ ބައިތަކާ އަދި އަތުލައިގަތް ޕައިލެޓް މިއަދު އީރާނުން ވަނީ މީޑިއާތަކަށް ދައްކާފައެވެ. މި ޚަބަރު ވެގެން ދިޔައީ މުޅި ދުނިޔެ ސިއްސުވާލި ޚަބަރަކަށެވެ. އަދި އެމެރިކާގެ މިލިޓަރީގައި އުފެދުނު ބޮޑު ބާގަނޑަކަށް ބުނެފައިވެއެވެ.

އަތުލައިގަނެވުނު ޕައިލެޓަކީ އިސްރާއީލުން ފުރިހަމައަށް ތަމްރީނު ދީފައިވާ ޕައިލެޓެއް ނަމަވެސް އީރާނުގެ ތަހްގީގުތަކަށް ވަރަށް ބޭނުން މަޢުލޫމާތުތަކެއް ލިބުނު ކަންވެސް ހާމަ ކޮށްފައިވެއެވެ. އަދި ބެލެވޭގޮތުގައި އެ މަޢުލޫމާތުތައް އީރާނުން ޗައިނާއާއެކު ހިއްސާ ކުރާނެއެވެ. ޗައިނާއިން އޭގެ ފުރިހަމަ ފައިދާ ނަގާނެއެވެ.

އެމެރިކާއިން ކުއްލިގޮތަކަށް ހަނގުރާމައިގެ ތެރެއަށްވަދެ އީރާނުގެ ނިއުކްލިއަރ 3 ސައިޓަކަށް ބީ-2 މަރުކާގެ ބަންކަރ ބަސްޓަރ ބޭނުންކޮށްގެން ޙަމަލާ ދީފައިވާއިރު އެމެރިކާއިން ބުނަނީ އެ ޙަމަލާތަކުގައި އީރާނުގެ ނިއުކްލިއަރ ސައިޓްތައް ބިމާ ހަމަކޮށްލާފައި ވާނެ ކަމަށެވެ. އެހެންނަމަވެސް އީރާނުން ބުނަނީ އެ ޙަމަލާތައް އަރާފައިވަނީ ޚާއްސަކޮށް ފޯރޑޯ ނިއުކްލިއަރ ސައިޓްގެ ދޮރުމައްޗަށް ކަމަށާއި އީރާނުގެ ނިއުކްލިއަރ ޙަރަކާތަތައް މިހާރުވެސް ކުރިއަށް ދާކަމަށެވެ.

އެމެރިކާގެ މި ޙަމަލާތަކާ ގުޅިގެން އީރާނުން ދީފައިވާ އިންޒާރުގައި ބުނެފައިވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އެއްވެސް ވަސީލަތެއް އަދި މަސްލަހަތެއް  އިސްތިސްނާ ނުކޮށް އީރާނުން ވަރުގަދަ ޙަމަލާތަކެއް އެންމެރަނގަޅު ވަގުތުގައި ދެމުން ގެންދާނެ ކަމަށެވެ.

މެދުއިރުމަތީގައި ހުރި އެމެރިކާގެ މިލިޓްރީ ބޭސްތައް މިހާރު ވަނީ ފުރިހަމަ ތައްޔާރީ ޙާލަތަށް ގެނެސްފައެވެ. އަދި މެދުއިރުމަތީގައިހުރި އެމެރިކާ އެމްބަސީތަކުގެ މުޢައްޒިފުންގެ ސަލާމަތަށްޓަކައި އިތުރު ފިޔަވަޅުތައް އަޅައި އެމެރިކާގެ އެހެން ރައްޔިތުން އެ ސަރަޙައްދު ދޫކޮށް ދިއުމަށް އެމެރިކާ ސަރުކާރުން ވަނީ ގޮވާލައިފައެވެ.

Loading

One Response

Leave a Reply to Hassan Kruse Cancel reply

ފަހުގެ އަޕްޑޭޓް