އިސްރާއީލުން އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ”ހިތަށް“ އަމާޒުކޮށް ރޭ ފަތިހު ދިން ހަމަލާއާ ގުޅިގެން އިރާނުންވެސް ރައްދު ހަމަލާތައް ދޭން ފަށައިފިއެވެ.
އިސްރާއީލުން ރޭ ފަތިހު އިރާނަށް ދިން ޙަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސްގެ ވެރިޔާ ހުސައިން ސަލާމީ އާއި ނިއުކްލިއަރ ސައިންސްވެރިންގެ ތެރެއިން ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިސްރާއީލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިރާނުން ވަނީ 100 އަށްވުރެ ގިނަ ޑްރޯން ހަމަލާތަށް އިސްރާއީލަށް ފޮނުވާލާފައެވެ.
މީގެ އިތުރުން އީރާނުން ވަނީ އެ މިސައިލް ހަމަލާތަކުގެ އިތުރުން ޑްރޯން ހަމަލާތަކެއްވެސް ފޮނުވާލާފައެވެ.
އިސްރާއީލަށް ތާއީދުކޮށް އުރުދުންގެ ވައިގެ އަސްކައްޔާއިން ބުނީ، އެ ގައުމުން އޮތީ އިރާނުން ފޮނުވާ ކޮންމެ މިސައިލަކާއި ޑްރޯނެއް ހުއްޓުވުމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި، އެ ހަމަލާތައް އުރުދުން ހުރަސްކޮށް ދިޔަ ނުދޭނެ ކަމަށެވެ.
އިސްރާއީލުން ރޭ ފަތިހު އިރާނަށް ދިން ހަމަލާއާ ގުޅޭގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައި ވަނީ އިސްރާއީލުން ބޭނުންވި ހުރިހާ ތަނަކަށް އެ ހަމަލާތައް އަމާޒުވެފައިވާ ކަމަށެވެ. އަދި އީރާނުގެ ”ބިރުވެރިކަން މުލުން ލުހެލެވެންދެން“ މި ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
2 Responses
Qaanoonee. Sleh. oiykameh Qabooleh Nukuran Hetlar,
އީރާނުންދެނީ ފަޓާސް ހަމަލަ! ހުރިހާ ޙަމްދެއްހުރީ ﷲ އަށެވެ. މާތް މަތިވެރި ޚަލީފާއިންނާއި ޢާއިޝާ ރހ އަށް ހުތުރު ބަސް ރައްދުކުރާ ޝިޔަޢީންނަށް ދުނިޔޭގައިވެސް ނިކަމެތިކަން ދެއްވުން އެދި ދަންނަވަމެވެ. އާމީން!