އިސްރާއީލުން އީރާނުގެ މިލިޓްރީ އަދި ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދީފި

Loading

Facebook
Twitter
WhatsApp

މިއަދު، ހުކުރު ދުވަހު ހެނދުނު ވަގުތެއްގައި އިސްރާއީލުން ތެހެރާނަށް ހަމަލާދީފިއެވެ. އިސްރާއީލުން ބުނެފައިވަނީ އެގައުމުގެ ހަމަލާތައް އަމާޒުކޮށްފައިވާނީ އީރާނުގެ ނިއުކްލިއަރ އަދި މިލިޓްރީ ބާރުގަދަ ތަންތަނަށް ކަމަށެވެ.

   

އިސްރާއީލުން އީރާނަށް ދިން ހަމަލާގެ ތަފްސީލު ހާމަ ނުކުރިއަސް އީރާނުގެ ރަސްމީ މީޑިއާ އިރްނާއިން އެ ޚަބަރު އިއުލާންކުރިވަގުތު އެ ހަމަލާއަކީ ގައުމީ ހިތާމައަށް ހުޅުވާލްންޖެހޭފަދަ ވަރުގަދަ ހަމަލާއެއްކަން އެންގުމުގެ ގޮތުން ޓެލިވިޒަންގެ އެއްކަނުގައި ކަޅުކުލައިގެ ފަށެއް ވަނީ ދަމާފައެވެ. އެ ހަމަލާގައި އީރާނުގެ ޕަރަމިލިޓްރީގެ އެންމެ އިސްވެރިޔާ ޖެނެރަލް ހުސައިން ސަލާމީއާއި އަދި އެ ޖަމާއަތުގެ އެހެން އިސް ވެރިޔަކާއި ނިއުކްލިއަރ 2 ސައިންޓިސްޓަކު ޝަހީދުވެފައިވާ ކަމަށް ބެލެވޭކަން އެ ޚަބަރުގައި ބުނެފައިވެއެވެ. އަދި އީރާނުގެ ޕަރަ މިލިޓްރީގެ މައިމަރުކަޒަށް އެ ހަމަލާ އަމާޒުވެ އަނދަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި މިނޫނަސް އީރާނުގެ އެތައްތަނަކަށް އިސްރާއީލުގެ ހަމަލާވަނީ އަމާޒުވެފައެވެ.                                     

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ އިސްރާއީލުން ބޭނުންވި ހުރިހާ ތަނަކަށް އެ ހަމަލާތައް އަމާޒުވެފައިވާކަމަށެވެ. އަދި އީރާނުގެ ބިރުވެރިކަން މުލުން ލުހެލެވެންދެން މި ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ އިސްރާއީލުގެ މިހަމަލާތައް ދީފައިމިވަނީ އިއްޔެ ބައިނަލް އަގްވާމީ ހަކަތައާ ބެހޭ “ ފާރަ ކުއްތާ “ އިން ނެރެފައިވާ ރިޕޯރޓެއްގައި އީރާނުގެ ނިއުކްލިއަރ މަޝްރޫއު އެ އޭޖެންސީއަށް ކަށަވަރު ނުކުރެވޭ ކަމަށާއި އަދި އީރާނުން އެއްބާރުލުންވެސް ނުލިބޭ ކަމަށް ބުނެފައި ވަނިކޮށެވެ. ބައިނަލް އަގްވާމީ ހަކަތައާ ބެހޭ އޭޖެންސީގެ މި ރިޕޯރޓާގުޅިގެން އީރާނުންބުނެފައިވަނީ ހަމަމިހާރު އީރާނުން 3 ވަނަތަނެއްގައި މާ މަތީ ފެންވަރަކަށް ޔުރޭނިއަމް މުއްސަނދި ކުރަން ފަށާނެކަމަށެވެ.                                                 

އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ފުރުސަތު ނުދޭނެކަމަށް އިސްރާއީލުން ގެންދަނީ ބުނަމުންނެވެ. އިރާގުގައި ތިބި އެމެރިކާގެ ޑިޕްލޯމެޓުން ބަޣުދާދުން ނިކުމެ އަދި މެދު އިރުމަތި ދޫކޮށްދިއުމުގެ އިންތިޒާމް ހަމަޖައްސަމުން ގެންދާތީ މިއަދުގެ ހަމަލާތައް އެމެރިކާއަށް މާކުރިއްސުރެން އެނގޭ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް ވައިޓް ހައުސް އިން ބުނެފައިވަނީ އިސްރާއީލުގެ ހަމަލާއާއި އެއްވެސް ގުޅުމެއް ނޯންނާނެކަމަށެވެ. 

އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން 2 ގައުމުގެ ވައިގެ ބަނދަރުތައްވަނީ ބަންދުކޮށްފައެވެ. އީރާނަށް ދިން ހަމަލާތައް ގޮވަމުން ދިޔަ ވަގުތު ރައީސް ޓްރަމްޕް ހުނެވީ ކޮންގްރެސްގެ ބޭފުޅުންނާ ސަލާންކުރައްވަން ވައިޓްހައުސް ކުރިމަތީގައެވެ. އެވަގުތު އެ ހަމަލާތައް ރައީސް ޓްރަމްޕް ދެކިވަޑައި ގެންނެވި ކަމަށް ނުބެލެވެއެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ އިސްރާއީލުން އީރާނަށް ހަމަލާދީފިނަމަ މިހާރު ކުރެވެމުންދާ މަޝްވަރާތައް ބޮއްސުންލައިގެން ދާނެ ކަމަށެވެ.                                                 

އިސްރާއީލުގެ ހަމަލާއާ ގުޅިގެން އީރާނުން ބުނެފައިވަނީ ފުރިހަމަ ޖަވާބެއް ދޭނެ ކަމަށެވެ.                 

.

Loading

One Response

  1. ތި ޖަރީމާގެ ހުރިހާ ފައިދާއެއް އޮތީ ނަތަންޔާހޫ އަށެވެ. އެ ވޯރކުރިމިނަލްގެ ސަވައިބަލް އަށް މުޅިދުނިޔެ ވެސް ހުޅުޖަހާނެއެެވެ. އެމެރިކާގެ ސަރުކާރުން މި ޖަނަވާރަށް އެނހިީތެރިވަމުން ދިއުމަކީ އެމެރިކާ ޓެރެރިސްޓުންނަށް ސަޕޯޓް ކޮށާ އެ ޖަރީމާތަކުގައި ބައިވެރިވަ ކަމެވެ.

Leave a Reply to އައްޑޫ އަޙުމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް