ރައީސުލްޖުމްހޫރިއްޔާ މުލީ ވައިގެބަނދަރު ރަސްމީކޮށް ހުޅުވައިދެއްވައިފި

Loading

May 20, 2025
profile
Facebook
Twitter
WhatsApp
މުލީ އެއާޕޯޓު ހުޅުވުން/ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މ. މުލީ ވައިގެބަނދަރު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ރައީސް މ. މުލީ ވައިގެބަނދަރު ހުޅުވައިދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ބައެއް ވެރިން ބައިވެރިވެވަޑައިގަތެވެ. މީގެއިތުރުން ރާއްޖޭގައި އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކުވެސް ބައިވެފައިވެއެވެ.

މި ރަސްމިއްޔާތުގައި މި ވައިގެބަނދަރު އެޅުމުގެ މަސައްކަތްކުރި ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި މ. މުލީ ރައްޔިތުންގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

އެތޭރެގެ އުދުހުންތަކަށް ޚާއްޞަކޮށްފައިވާ މި ވައިގެބަނދަރަކީ މ އަތޮޅުގައި ހުޅުވުނު ފުރަތަމަ ވައިގެބަނދަރެވެ.

އެންމެ ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތަކާއެކު ހުޅުވި މި ވައިގެބަނދަރުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި އަދި ފްލައިޓްތައް ޕާކުކުރާނެ އޭޕްރަނެއް ހިމެނެއެވެ. އަދި ފަހުގެ ޑިޒައިންތަކަށް ފަރުމާކޮށްފައިވާ ޕެސެންޖަރ ޓަރމިނަލަކާއި، ކޮންޓްރޯލް ޓަވަރާއި އަދި އޮޕަރޭޝަންތަކަށް ބޭނުންވާ އެނޫންވެސް ވަސީލަތްތައް މި ވައިގެބަނދަރުގައި ހިމެނެއެވެ.

ސަރުކާރުން 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން އަޅާފައިވާ މި ވައިގެބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2021ގައެވެ.

Loading

One Response

  1. ސާބަޙޭ ރައީސް! ހަމަ ބާރަށް ވެވުނުވަރަކުން ކުރިއަށް ވަޑައިގަންނަވާށެވެ. 5 އަހަރު ނިމުމުގެ ކުރިން ކުރެއްވެން ހުރި ހުރިހާ ރަނގަޅުކަމެއް ވޭތޯ ބައްލަވާށެވެ. އޭރުން މަގާމު ނެތިދިޔަސް ނަން ފެހިވާނެއެވެ.

Leave a Reply to ޒަކަރިއްޔާ މޫސާ Cancel reply

ފަހުގެ އަޕްޑޭޓް