ސީރިޔާއިން ދުނިޔޭގެ ބޭންކަށް ދައްކަންޖެހޭ ދަރަނި ސައޫދީން އަދާކޮށްދެނީ

Loading

April 20, 2025
profile
Facebook
Twitter
WhatsApp

ސީރިޔާއިން ދުނިޔޭގެ ބޭންކަށް ދައްކަންޖެހޭ ދަރަނީގެ ތެރެއިން މިހާރު ނުދެއްކި އޮތް 15 މިލިއަން އެމެރިކާ ޑޮލަރ ސައޫދީ އެރޭބިޔާއިން އަދާކޮށްދޭން ގަސްދުކޮށްފިއެވެ. މިއީ 2011 އިން ފެށިގެން އެ ގައުމުގައި ހިނގާދިޔަ ދާޚިލީ ދެކޮޅުވެރިކަމުގައި އެ ގައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި ސައޫދީ އެރޭބިޔާއިން ވެދޭ އެހީ އެއް ކަމަށާއި އަދި ބައްޝާރުލް އަސަދުގެ ވެރިކަން 2024 ޑިސެމްބަރުގައި ވައްޓާލި ފަހުން ސައޫދީ އެރޭބިޔާއިން ދޭ ފުރަތަމަ އެހީ ކަމުގައިވެސް ބުނެފައި ވެއެވެ. 

ސައުދީ އެރޭބިޔާގެ މި އެހީ އަދި މުޅިން ހަމަޖެހިފައިވާކަން ކަށަވަރެއް ނުކުރެވެއެވެ. ރޮއިޓާރސް އިން ސައޫދީ އެރޭބިޔާގެ މާލީ ވުޒާރާއަށް ސުވާލުކުރުމުން އެ ވުޒާރާގެ ތަރުޖަމާނު ޖަވާބު ދެއްވާފައިވަނީ މީޑިއާއަށް އަންނަ ކޮންމެ ޚަބަރަކަށް ޖަވާބުދޭން ބޭނުން ނުވާ ކަމަށެވެ.  ސައޫދީ އެރޭބިޔާގެ މި އެހީ ހަގީގަތަކަށް ވެއްޖެނަމަ ސީރިޔާގެ ޢާންމު ޚިދުމަތްތަކާއި އަދި އެ ގައުމު އަލުން އާރާސްތު ކުރުމަށްޓަކައި ބޭނުންވާ ފައިސާ ލިބުމަށް ބައިނަލް އަގްވާމީ ދޮރުތައް ހުޅުވިގެން ދާނެކަމަށް ރޮއިޓާރސް އަށް ތިން ފަރާތަކުން މައުލޫމާތު ދީފައިވާ ކަމަށް ބުނެފައި ވެއެވެ. ބޭރުގައުމުތަކުގައި ތާށިކޮށްފައިހުރި ސީރިޔާގެ ފައިސާ ބޭނުންކޮށްގެން މީގެ ކުރިން ދެ ތިން ފަހަރެއްގެ މަތިން ދުނިޔޭގެ ބޭންކަށް ދަރާފާއޮތް ދަރަނި އަދާކުރެވޭތޯ އެ ގައުމުން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.                                     

މިދިޔަ ހަފުތާގެ ހޯމަދުވަހު ދުނިޔޭގެ ބޭންކުގެ ވަފުދެއް ސީރިޔާގެ މާލީ ވަޒީރު  މުހަންމަދު ޔާސިރް ބަރްނިޔާހއާއި ބައްދަލު ކުރައްވާފައިވެއެވެ. މިއީ ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމަށްފަހު އެންމެފުރަތަމަ ބޭއްވުނު މިފަދަ ބައްދަލުވުމެވެ. މި ބައްދަލު ކުރެއްވުމަށްފަހު މިހާރުގެ ޚަބަރުތަކުގައި ބުނެފައިވަނީ މި މަހުގެ ފަހުކޮޅު ވޯޝިންގްޓަން ގައި އޮންނަ ދުނިޔޭގެ ބޭންކާއި ބައިނަލް އަގްވާމީ މަނިޓަރީ އޮތޯރިޓީހެ އަހަރީ ޖަލްސާގައި ބައިވެރި ވުމަށް ސީރިޔާގެ ވަރަށް އިސް ވަފްދެއް ވޯޝިންގްޓަނަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށެވެ.           

މީގެކުރިން ސީރިޔާ އަލުން އާރާސްތުކުރުމަށްޓަކައި ގަލްފުގެ ގައުމުތަކުން އެހީތެރިވެ ދިނުމަށް ކުރި މަސައްކަތް ބައްޝާރުލް އަސަދު ވެރިކަމުގައި ހުންނެވުމުން އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ހުއްޓުވާފައެވެ. ނަމަވެސް މިދިޔަ މާރޗްމަހު ސިރިޔާގެ އިލެކްޓްރިސިޓީ ސަޕްލައި ރަނގަޅުކުރުމަށްޓަކައި ޖޯރޑްންގެ މަގުން ސީރިޔާއަށް ގޭސް ފޮނުވަން ގަތަރުން ބޭނުން ވުމުން އެމެރިކާއިން ވަނީ އެކަމަށް ރުހުން ދީފައެވެ.    

ސައޫދީ އެރޭބިޔާގެ މި އެހީއާ ގުޅޭގޮތުން ސީރިޔާ ސަރުކާރުން  އަދި ދުނިޔޭގެ ބޭންކުންވެސް ވާހަކަ ދައްކަން ބޭނުމެއް ނުވިއެވެ.

Loading

One Response

  1. ހަމަ އެގޮތަށް ގައުތަކަށް އެނހީދީގެން އަޅުވެރިކުރާނެ ވެރިޔަކު އިސްލާމީ ކިޔައިގެން އުޅޭ ގައުމުތަކުގައި އިންދަނީއެވެ. ސަލާމަތެއް ނެތެވެ. މުނާފިގުން އިތުރުވެ ދީނަށް ނަސްރުދޭނޭ މީހުން ބޮޑުތަނުން މަދުވެއްޖެއެވެ.

Leave a Reply to ވައްހާބު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް