ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރަކު މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި މިއަދު ޒަހަމްވެއްޖެ އެވެ.
މިކަން ހިނގާފައި ވަނީ ފިލިޕީންސްގައެވެ.
ދަރިވަރަށް އަނިޔާވީ ނިއްވާލަމުންދިޔަ މަތިންދާބޯޓެއްގެ އިންޖީނެއްގެ ބުރަފަތީގައި ޖެހިގެންނެވެ. އޭނާ އަށް އެކިވަރުގެ އަނިޔާތައް ވެފައި ވާއިރު، މިހާރު ސާޖަރީތަކެއް ހަދަމުން އަންނަ ކަމަށް އެ ގައުމުގައި ކިޔަވަން ހުރި އެހެން ދަރިވަރަކު ބުންޏެވެ.
އޭނަ އާއި އެކީގައި ކިޔަވާ ދަރިވަރަކު ބުނީ އަނިޔާ ލިބުނު ދަރިވަރު ހާލު ސްޓޭބަލް ކަމަށެވެ. ނަމަވެސް. ހާލަތާ ގުޅޭ މާބޮޑު ތަފްސީލެއް އަދި ނޭނގެ އެވެ. އަނިޔާވި ދަރިވަރުގެ އާއިލާގެ މެންބަރުން ފިލިޕިންސް އަށް ދަތުރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
އަދި، އޭނަ އާއި އެކީގައި ކިޔަވާ ދަރިވަރަކު ބުނީ އެ ހާދިސާއާ ގުޅިގެން އަނިޔާ ލިބުނު ދަރިވަރަށް ރާއްޖޭގެ ކަމާއި ބެހޭ އިދާރާތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަަމަށެވެ. ބޭރުގައި ކިޔާވާ ދިވެހި ދަރިވަރުންނަށް މަދުން ނަމަވެސް މިކަހަލަ ހިތާމަވެރި ހާދިސާއާއި ކުރިމަތިލާން ޖެހެއެވެ. އަދި އަބަދުވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއެވެ.