ޑިވެލޮޕްމެންޓް ބޭންކްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

Loading

Facebook
Twitter
WhatsApp

މި ސަރުކާރުން ރާއްޖޭގައި އުފެއްދި ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަރސަން-ޖޯންސް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޕީސީބީން ދެންމެ ބުނީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ކަމުގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އިސްތިއުފާ ދެއްވުމަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން އެ ބޭފުޅާގެ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށް ޕީސީބީން ބުނެފައި ވެއެވެ.

އިނގިރޭސި ވިލާތަށް ނިސްބަތްވާ ނޮއެލް ގްރެގާ ޕެޓަރސަން-ޖޯންސް އަކީ ބައިނަލްއަގްވާމީ މާލީ އެކި އިދާރާތަކުގައި ކުރިން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެ ބޭފުޅާ ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކަމަށް އައްޔަނުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް