ބޭނުންވާ ތަކެތި:
3 އަލުވި (މެދު ސައިޒުގެ)
4 ބިސް
ބޮޑު ފިޔައެއް
ގިޔެތޮމިރުސް ފަޅިއެއް ނުވަތަ ތޮޅިމިރުހެއް
1 ދަޅު މަސް
ބައި ސައިސަމުސާ ލޮނު
1 ޓޮމާޓޯ
ތައްޔާރުކުރާނެ ގޮތް:
އަލުވި ތުނިކޮށް ވަށްފޮއްޗަށް ކޮށާލާފައި ފެނުކައްކާލާށެވެ. ޓޮމާޓޯ ތުނިކޮށް ވަށްފޮއްޗަށް ކޮށާލާށެވެ. ފިޔައާއި މިރުސް ކުދިކޮށް ކޮށާލާފައި މަހާއި ލޮނު އަޅައިގެން މޮޑެލާށެވެ. ބިސް ތަޅާލާފައި އޭގެތެރެއަށް އަޅައި އެއްކޮށްލާށެވެ.
ކެއްކި އަލުވިފޮތިތައް ތަބަކެއްގައި އަތުރާލާފައި މޮޑުނު މަސްގަނޑު އޭގެމަތީގައި ފަތުރާލާށެވެ. އެއަށްފަހު މަތީގައި ޓޮމާޓޯ ފޮތިތައް އަތުރާލާށެވެ. 230 ޑިގްރީގައި އަވަނުގައި 25-30 މިނިޓު ވަންދެން ފިހެލާށެވެ.
ނޯޓް: ކުޅިރަހައާއި ލޮނުރަހަ ބޭނުން ވަރަކަށް މަޑުކޮށް ނުވަތަ ގަދަކޮށްލެވިދާނެއެވެ.