ކޮންމެވެސް ގައުމެއްގައި ވަރަށް ކުޅަދާނަ ގާނޫނީ ވަކީލަކު އުޅުނެވެ.އޭނާ މަޝްހޫރުވެފައި ވަނީ ކުއްލި ހާޒިރު ޖަވާބަށާ އަދި ޝަރީއަތްތަކުގައި ގެންގުޅޭ ތެދުވެރިކަމުގެ ސަބަބުންނެވެ.
ލޯޔަރުގެ އަންހެނުންދެކެ އޭނާ ވަރަށް ލޯބިވެއެވެ.އަދި ދެމީހުންނަށް ވަނީ ބާރަ ދަރިން ލިބިފައެވެ.އޭނާގެ ގޭތެރޭން އަބަދުވެސް ހުނުމާއި މަޖަލުގެ އަޑު އިވިއިވި ހުރެއެވެ.އޭނާގެ އާއިލީ ދިރިއުޅުން ވަރަށް ފުރިހަމައެވެ.
ކަންމިހެންހުރިނަމަވެސް ލޯޔަރަށް ބޮޑު މައްސަލަ އެއް ކުރިމަތި ވެއްޖެ އެވެ.އާއިލާއިން އުޅެމުން އައި ކުލީ ގޭގެ ކުލީގެ މުއްދަތު ހަމަވަނީއެވެ.އެހެން ކަމުން އައު ތަނެއް ހޯދަން އޭނާޔަށް ވަނީ ޖެހިފައެވެ.
އައު ގެޔެއް ހޯދަން ކުރި ދަތުރުގައި ކޮންމެ ތާކުންވެސް ކުރިމަތިލާން ޖެހެނީ ނާކާމިޔާބާއެވެ.ސަބަބަކީ ކުޑަކުދިން ގިނަކަމުން ތަން ހަޑިކޮށް ހަލާކު ކުރާނެކަމަށް ބަލާފަ ކޮންމެ ބަޔަކުވެސް ދޭން ޖެހިލުން ވަނީއެވެ.ނަމަވެސް ކުދިންގެ އަދަދު އަހައިފިނަމަ ދޮގުހަދާކަށް ލޯޔަރު ބޭނުމެއް ނުވެއެވެ.
އެއްދުވަހަކު އޭނާއަށް ރަގަޅު ބުއްދިއެއް ކުރެވިއްޖެއެވެ.އަދި އަންހެނުން ކައިރީ ބުންޏެވެ.އެންމެ ކުޑަ ކުއްޖާ ފިޔަވާ އެހެން ހުރިހާކުދިން ގޮވައިގެން ހިނގާލަން ދާށެވެ.އަދި އަންނަމުން ކުދިންނަށް މީހުން ވަޅުލާ ގަބުރުސްތާނު ދައްކާލައްޗެވެ.މިހެން ބުނުމަށްފަހު އެންމެ ކުޑަކުއްޖާ އެކަނި ގޮވައިގެން އޭނާ ތަންތަން ބަލަން ނިކުތެވެ.
ފުރަތަމަ ބަލަން ދިޔަ ތަންވެސް އޭނާއަށް ކަމުދިޔައެވެ. އަދި އޭޖެންޓްވެސް ލޯޔަށް ދޭން ހިތްހަމަ ޖެހުނެވެ.އެހެން ކަމުން ސުވާލުތައް ކުރަން ފެށިއެވެ. ކިތައް ކުދިން ތިބޭތޯ ސުވާލު ކުރުމުން ލޯޔަރު ބުންޏެވެ.ބާރަކުދިންނެވެ.ދެން އޭޖެންޓް އެހިއެވެ.އެހެން ކުދިން ކޮބާހެއްޔެވެ.ބުނީމަ ލޯޔަރު ބުންޏެވެ.އެކުދިންގެ މަންމަޔާއިއެކު ގަބުރުސްތާނުގައެވެ. މިހެން ބުނުމުން އޭޖެންޓް ހީކުރީ މަންމަ އާއި ކުދިން މަރުވެފަ ކަމަށެވެ. އެހެން ކަމުން އިތުރު އެއްޗެއް އަހާކަށްވެސް ނުހަދައެވެ. ގޭގެ އެގްރީމަންޓްގައި ސޮއި ކޮށްފިއެވެ.
އަނެއް ދުވަހު ލޯޔަރާ އޭނާގެ އާއިލާ އައު ގެޔަށް ބަދަލުވެއްޖެ އެވެ.
ވާހަކައިގެ މޯރަލް:ތެދު ބުނާގޮތްވެސް ތަފާތު ކުރެވިދާނެއެވެ. ތެދުބުނުމަކީ ކޮންމެހެން އެއްފަހަރާ ހުރިހާ މައުލޫމާތު ދިނުމެއްވެސް ނޫނެވެ.