ސްޓެޓް ޓްރޭޑިން އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
އެނގިފައިވާ ގޮތުގައި ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި ޝަރީފްގެ ޕާސްޕޯޓު ހިފެހެއްޓީ އެންޓިކަރަޕްޝަން ކޮމިޝަން(އޭސީސީ)ން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު ސްޓެލްކޯއަށް ގެއްލުންވާ ގޮތަށް އެއްބަސްވުމެއްގައި ޝަރީފް ސޮއިކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީއަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ވަކި ސަބަބެއް އެއްވެސް ފަރާތަކުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
3 Responses
ގޮތްހުސްވެ ކުރާނެއިތުރުކަމެއްނެތިގެން ސަރުކާރުން ތެޅިބާލަނީ
Sarukaarun goiy husvegen ulhey kah nujeheyne jareemaa masterunnaa dhey therey fiyavalhu alhan jeheyne… mihaaruves Hayyaru kuran jehey ethah bayaku mujuthamau there ah dhoovefai thibumakiy dheravaru kan boduvaan jehey kameh… Adhabu liben jehey faraaiy thakah ekasheegenvaa Adhabu liben jehey…
ހިޔާނަތްތައް ބެލިއަސް ވަނީ ގޯސް ނުބެލިޔަސް ވަނީ ގޯސް ރަގަޅުގޮތެއްނެތް މިހާރު