ހިޔާ ފްލެޓްގެ ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ

Loading

December 13, 2024
sandhaanu news
Facebook
Twitter
WhatsApp

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްގެ ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި، މަރުވެއްޖެ އެވެ.

ފުލުހުން މިރޭ ބުނީ 1:30 ހާއިރު ހިޔާ ފްލެޓްގެ އެޗް5 ޓަވަރުން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ވެއްޓިފައިވާ ކަމަށެވެ.

އެގޮތުން އެ ކުއްޖާ ވެއްޓުނީ ހިޔާ ފްލެޓްގެ 13 ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.އަދި އެ ކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ހާމަަކޮށްފައި ވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް