ރަހީނުން މިނިވަންކުރުމުގެ އަގު އަދާކުރާނީ ނަރަކައިން:ޓްރަމްޕް

Loading

December 5, 2024
profile
Facebook
Twitter
WhatsApp

ހަމާސްއިން ހިފާއްޓާފައިތިބި އިސްރާއީލުގެ ރަހީނުން ޖެނުއަރީ 20 ވަނަދުވަހު އަހަރެން އެމެރިކާގެ ރިޔާސަތާ ހަވާލުވުމުގެ ކުރިން މިނިވަން ނުކޮށްފިނަމަ ދެން އޭގެ އަގު އަދާކުރާނީ ނަރަކައިން ކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ވައުދުވެ ވަޑައިގެންފިއެވެ. މިއީ އަލް ޖަޒީރާގެ އިއްޔެގެ ޚަބަރުތަކުން އެންމެ ބޮޑަށް ފާހަގަ ކުރެވުނު ސުރުޚީއެވެ. އަދި މިއީ އިސްރާއީލާއި ހަމާސްގެ ހަނގުރާމަ ނުހުއްޓުވިގެން އުޅޭ މައްސަލާގައި މިހާތަނަށް ޓްރަމްޕް އިއުލާން ކުރެއްވި އެންމެ ހޫނުގަދަ އިންޒާރެވެ. އެހެންނަމަވެސް  އެ އިންޒާރުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ރަހީނުން މިނިވަންކުރުމުގައި އެމެރިކާގެ ސިފައިން ހަރަކާތްތެރި ކުރުވާނެކަން ނުވަތަ ނޫން ކަންވެސް ހާމަކޮށްފައެއް ނެތެވެ.

ޓްރަމްޕްގެ އެއްފަރާތަށް ޖެހިފައިވާ އިންޒާރުގައި އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ތުއްތު ކުދިންނަށް ދާންދެން ދިރިތިއްބާ އަންދަމުންގެންދާއިރު އެ އަނިޔާވެރިކަމާދޭތެރޭ އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ. ދާދިފަހުން އިސްރާއީލުން ގައްޒާއަށް ދިން ހަމަލާއަކާއި ގުޅިގެން ހޯދި ހޯދުމުގައި ރަޙީނުންގެ 6 މީހަކު މަރުވެފާއޮއްވާފެނުމުން ޓްރަމްޕް މާބޮޑަށް ރުޅިއައީ ކަމަށް ވެދާނެއެވެ. އިސްރާއީލުން ތުހުމަތު ކުރަނީ އެ ހަމަލާއާއި ގުޅިގެން ހަމާސްއިން އެ  6 މީހުން މަރާލާފައިވަނީ ކަމަށެވެ. 

ޓްރަމްޕްގެ ޓްރުތު ސޯޝަލް ޕްލޭޓްފޯރމުގައި އިސްރާއީލާއި ހަމާސް އާއި ދެމެދު ހިނގަމުންދާ ހަނގުރާމަ ނުހުއްޓުވިގެން އުޅެވީ އެމެރިކާ ސަރުކާރުން އެއްވެސް ހަރުދަނާ ފިޔަވަޅެއް އަޅާފައި ނުވާތީ އާއި ހަމއެކަނި ހުސް އަނގަތަކެއް ތަޅުވާތީކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މީޑިއާތަކަށް ލިބޭ މައުލޫމާތުގައި ހަނގުރާމަ ހުއްޓުވަން ކުރަމުން ގެންދާ މަސައްކަތް ކާމިޔާބު ނުކުރެވިގެން އުޅެނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ހަމާސްގެ ލީޑަރުން ގެ ގޮތް ދޫނުކުރުމުގެ ސަބަބުން ކަމަށް ހުންނަނީ އިނގިލި ދިއްކޮށްފައެވެ. އެހެންނަމަވެސް ހަނގުރާމަ ހުއްޓާލުން ޝަރުތުކޮށް ރަހީނުން މިނިވަންކޮށްދޭނެކަން އެތައްފަހަރަކު ހަމާސްއިން ވަނީ އަންގާފައެވެ. ހަނގުރާމަ ހުއްޓުމަށް އިދިކޮޅު ހަދަމުން ގެންދަނީ ނަތަންޔާހޫކަން ބައެއް މީޑިއާތަކުންވެސް ވަނީ ފާހަގަކޮށްފައެވެ. 

ޓްރަމްޕް ގެ އިންޒާރު ނިންމާލަމުން ބުނެފައިވަނީ ހަމަ މިހާރު ރަހީނުންތައް މިނިވަން ކުރުމަށާއި ރަހީނުން ހިފޭއްޓުމުގައި ޒިންމާއުފުލަން ޖެހޭ ފަރާތްތަކަށް ޖެނުއަރީ 20 ވަނަ ދުވަހުގެ ފަހުން އެމެރިކާއިން ޖަހާނީ އެމެރިކާގެ ތާރީޚުގައިވެސް އެންމެ ބާރުގަދަ ޖެހުމުން ކަމަށެވެ.

Loading

One Response

Leave a Reply to Turampu aniyaavrerieh Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް