ކާމިޔާބީއެއް ހޯދެންދެން ޣައްޒާއަށް ތާއީދު ކުރުމުގައި ހަމާސްއާ ބައިވެރިވާނަން:އަންސާރުﷲ

Loading

Facebook
Twitter
WhatsApp

ޔަމަނުގެ އަންސާރުﷲ އިން ހަމާސްއަށް ހާއްސަ މެސެޖެއް ފޮނުވައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޔަމަނުގެ އަންސާރުالله ޕޮލިޓިކަލް ބިއުރޯގެ މެމްބަރު ހަޒާމް އަލް އަސަދު ފަލަސްތީނުގެ ހަމާސް ރެސިސްޓެންސް މޫވްމަންޓަށް ވަނީ މުހިންމު މެސެޖެއް ފޮނުވާފައެވެ.

ހަޒާމް އަލް އަސަދު ފޮނުއްވި މެސެޖެއްގައި ވަނީ ކަނޑައެޅިގެން ކާމިޔާބީއެއް ހޯދެންދެން ޣައްޒާއަށް ތާއީދު ކުރުމުގައި ހަމާސްއާ ބައިވެރިވާނެކަން ހާމަކޮށްފައެވެ.

އަލް އަސަދުގެ މެސެޖުގައި ވަނީ ޔަމަނުގައި އަރައިގަންނަ މީހުންނަށް އަދަބު ދިނުމަށާއި އެމީހުން ހިންގާ ޖަރީމާތަކަށް ފިލާވަޅެއް ދަސްކޮށްދިނުމަށް ހަރުކަށި އިކުއެޝަންތަކާއި ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެހެންކަމުން ޔަމަނުގެ ރިއެކްޝަން އޮންނާނީ އިޒްރޭލްގެ ޒަޔަނިސްޓުން ހިންގާ ޖަރީމާތަކުގެ ފެންވަރުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށުނު ފަހުން،ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު41،000 މައްޗަށް އަރައެވެ. މުޅި ޣައްޒާ ސުންނާފަތިކޮށް އާންމުރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޝަހީދުކޮށްލާފައިވާއިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް