ކޯވިޑް19: އިއްޔެ އިތުރު 26 މީހަކު ބައްޔަށް ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 27 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 5 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 21 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 21 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 05 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ.

އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 11,822 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 786 އެކްޓިވް ކޭސް ހިމެނޭއިރު، 52 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 185 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.

މިބަލީގައި ރާއްޖެ އިން މިހާތަނަށް 38 މީހަކު ނިޔާވެފައި ވާއިރު 10,991 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.

އިއްޔެއާއި ހަމަޔަށް އަތޮޅުތެރޭގެ 18 ރަށެއްގައި އެކްޓިވް ކޭސްތައް ހުރިއިރު، އޭގެ އިތުރުން 30 ރިސޯޓް ހިމެނެއެވެ. ރިސޯޓްތަކުގެ އެކްޓިވް ކޭސްތަކުގެ ތެރޭގައި 127 މުވައްޒަފުންނާއި، 46 ފަތުރުވެރިޔަކު ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް