ދައުލަތުގެ މާލީ ހިސާބުތައް އާންމުނުކޮށް ސިއްރުކޮށްފައިވާތާ 3 ހަފުތާ

Loading

Facebook
Twitter
WhatsApp

ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ތަފުސީލު ހިމަނައިގެން މާލީ ވުޒާރާއިން ކޮންމެ ހަފުތާއަކު ނެރޭ “ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް“ އާންމު ނުކުރާތާ 3 ހަފުތާވެއްޖެއެވެ.

އެންމެ ފަހުން އާންމުކުރި ރިޕޯޓުން ދައްކާ ގޮތުން ޖޫން 20 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ލިބުނު އާމްދަނީ ވަނީ މިިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ބިލިއަނެއްހައި ރުފިޔާ އިތުރުވެފައެވެ. މިދިޔަ އަހަރު މި މުއްދަތުގައި 15.4 ބިލިއަން ރ. ލިބުނުއިރު, މިއަހަރުގެ މު މުއްދަތުގައި ލިބުނީ 16.4 ބިިލިއަން ރ. އެވެ.

ދައުލަތުގެ މާލީ ހިސާބުތައް އާންމު ނުކުރާތީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމު ވެސް އިއްޔެ ރޭ ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. ޔާމީން ވިދާޅުވީ ގަވާއިދުން އާންމުކުރަމުން އައި މާލީ ހާލަތާގުޅޭ ރިޕޯޓުތައް މިހާރު އާންމުނުކޮށް ސިއްރުކޮށްފައިވާ ކަމަށެވެ.

ޮވެރިކަމާ ހަވާލުވުމަށްފަހު މި ސަރުކާރުން ކުރި ބައެއް ޚަރަދުތަކަކީ މާލީ ހާލަތާ ނުބައްދަލު ޚަރަދުތަކެއް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. އެގޮތުން އޭގެތެރޭގައި ރަސްމާލެ މަޝްރޫއުއާއި ޑްރޯން ގަތުމާއި އެކިއެކި ހަފުލާތަކަށް ކުރި ޚަރަދުތަކުގެ ވާހަކަ ޔާމީން ފާހަގަކުރެއްވިއެވެ.

“ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް“ އާންމު ނުކުރާތާ 3 ހަފުތާވުމުން ދަ ޑިމޮކްރެޓްސްގެ މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވީ ގަވާއިދުން ލިބިލިބި ހުރި މައުލޫމާތު ހުއްޓާލުމަކީ ފަހަތަށް ފިޔަވަޅު އެޅުން ކަމަށެވެ.

އަދި ރަށްރަށުގެ މައުލޫމާތާއި ހިނގާ މަޝްރޫއުތަކުގެ މައުލޫމާތު ހިމެނޭ isles.gov.mv‎ ބަންދުކުރުމަކީ ވެސް ދެރަކޮށް ކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް