ޗައިނާ(ސިޝުއާން)–މޯލްޑިވްސް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް

Loading

Facebook
Twitter
WhatsApp

ރާއްޖެއާއި ޗައިނާގެ ސިޝުއާން ޕްރޮވިންސްއާއި ދެމެދު ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރެންސެއް ބާއްވަން ނިންމައި އެ ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވައިލައިފިއެވެ.

ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ސިޝުއާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ، މިސް ޒޫ ޗުންޝިއު އިސްކޮށް ހުންނަވައި, ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ވަފުދެއް އަންނަ އޮގަސްޓް މަހު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގެ މައިގަނޑު މަގުސަދަކީ ސިޝުއާން ޕްރޮވިންސާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

މި ދަތުރުގެ ބައެއްގެ ގޮތުގައި ޗައިނާ (ސިޝުއާން)– މޯލްޑިވްސް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރެންސެއް އަންނަ އޯގަސްޓުމަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން މިއަދު ކުރި އިއުލާނެއްގައި ވަނީ ބުނެފައެވެ.

ދަނޑުވެރިކަން, މޭވާ އަދި ތަރުކާރީ ސަޕްލައިކުރާ ފަރާތްތައް, ކާބޯތަކެތި އުފެއްދުމާއި ޕްރޮސެސް ކުރުމާއި އެކްސްޕޯޓް އަދި ސަޕްލައިއާއި ބެހޭ ވިޔަފާރި, ކޮންސިއުމާ ގުޑްސް އަދި ހޯލްސޭލް ވިޔަފާރި އަދި ފަތުރުވެރިކަމާބެހޭ ދާއިރާއިން ސިޝުއާން ޕްރޮވިންސްގެ ވިޔަފާރިތައް މި ކޮންފަރެންސްގައި ބައިވެރިވުމަށް ރާއްޖެއަށް އައުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސްގައި މި ދާއިރާތަކުގެ ސިޝުއާންގެ ވިޔަފާރިތަކާ ބައްދަލުކޮށް ނެޓްވާރކް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ދާއިރާތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ކުންފުނިތަކާއި ސިޝުއާން ޕްރޮވިންސް ގެ އިސް ފަރާތްތަކާ ބައްދަލުކޮށް, މަޝްވަރާ ކުރުމަށް ޝައުގުވެރިވާ ދިވެހި ވިޔަފާރިތަކަށް ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.

އެގޮތުން މި މަހުގެ 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެކަން ބަޔާންކޮށް އެކަމަށް ޚާއްސަ ކުރެވިފައިވާ އޮންލައިން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. މި ކޮންފަރެންސްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު މި https://forms.office.com/r/6Hg5iPr2ua?origin=lprLink ލިންކުން ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގައި ތަނުގެ ޖާގައަށް ބަލައި, ސިޝުއާންއިން އަންނަ ވިޔަފާރިތަކާ އެންމެ ގުޅޭ ދާއިރާތަކުގެ ވިޔަފާރިތަކަށް އިސްކަންދެވޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ މި ކޮންފަރެންސާ ގުޅޭގޮތުން އިތުރު މައުލޫމާތު 3333181 ނުވަތަ 3333182 ނަންބަރަށް ގުޅުއްވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިލައްވާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް