ތިން މަސްތެރޭ ގޯތިތައް ހަވާލުކުރަންޖެހޭ އިސްލާހު ތަސްދީޤު ނުކުރައްވާ މަޖިލީހަށް ފޮނުއްވައިފި

Loading

Facebook
Twitter
WhatsApp

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތިތައް ތިން މަސް ދުވަސް ތެރޭ ހަވާލުކުރަންޖެހޭ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ނުކުރައްވާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި މެދު އަލުން ވިސްނާވަޑައިގަތުމަށް، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެން، މި ބިލު ތަޞްދީޤް ނުކުރައްވާ، އަނބުރާ ރައްޔިތުންގެ މަޖިލީހަށް، ފޮނުއްވާފައި ވަނީ މިއަދުއެވެ. 

މި ބިލު ތަސްދީޤު ކުުރެއްވުމަށް އެދި ރައީސް އޮފީހަށް ފޮނުއްވާފައި ވަނީ 29 އޭޕްރީލް 2024 ވި ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރައްވައި، 2 މޭ 2024 ގައެވެ. 

ނިމިދިޔަ 19 ވަނަ މަޖިލީހުގައި ބިމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މީކާއިލް ނަސީމް އެވެ. މި ބިލް ތަސްދީޤު ނުކުރައްވާ އަލުން މަޖިލީހަށް ފޮނުއްވާފައި ވާއިރު 20 ވަނަ މަޖިލީހަށްވެސް މީކާއިލް ވަނީ އިންތިޚާބުވެފައެވެ. 

Loading

One Response

  1. އިޞްލާޙު ކޮށްލައްވާ! ”މަސްތެރޭ“ މީ ނުބައި ޖުމުލައެއް! އެހެނީ މަސް ނުވަތަ މަހަކީ މޫދުން ހިފައި ބާނައި އުޅޭ އެއްޗެއް އެ އުފެދިފައިވަނީ ”މަހުން“ނެވެ. އެއީ ކާން ބޭނުން ކުރާ އެއްޗެކެވެ. ދެން އޮތީ އަހަރު ދުވަހުގައި ހިމެނޭ ބާރަމަސްދުވަހެވެ. މި ބާރަމަސްދުވަސް ނުވަތަ މަސް އުފެދިފައިނީ ދުވަހުންނެވެ. ނުވަތަ ދުވަސް ތަކަކުންނެވެ. އެއީ ލޮލަކަށް ފެންނަ އެއްޗެއްނޫނެވެ. އަދި އަތްލެވޭ އެއްޗެއްވެސްނޫނެވެ. އެހެންވެ، މިދެބާވަތުގެ މަސް ވަކިކޮށް ދެނެގަންނާނީ އެ އެއްޗެއްގެ އުފެދުން މެދުވެރި ކޮށެވެ. މިސާލަކަށް މަސް، މަހެއް އެއީކާން ބޭނުންކުރާ މަހެވެ. ދެންއޮތީ މަސްދުވަހެވެ. އެއީ އަހަރު ހަމަކުރަން ގުނައި އުޅޭ ދުވަސްތަކުގެ މަސްތަކެވެ. އޭގެމަސްބޭނުން ކުރަންވާނީ ދުވަސްލައި ހިމަނައިގެންނެވެ. މިސާލަކަށް އެއްމަސްދުވަސް، ތިންމަސްދުވަސް، ފަސްމަސްދުވަސް އަހަރުދުވަސް މިހެންނެވެ.

Leave a Reply to އަލިފު ޙާ! Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް