ކުޅުދުށްފުށި ގެއެއްގެ ބަދިގޭގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

Loading

Facebook
Twitter
WhatsApp

ކުޅުދުށްފުށި ސިޓީގެ ގެއެއްގެ ބަދިގޭގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މިކަން ހާމަކޮށް އެމްއެންޑީއެފުން ބުނީ ކުޅުދުށްފުށި ސިޓީގެ ”ގޮންބުލިމާގެ“ ނަމަކަށް ކިޔާ ގެއެއްގައި އަލިފާން ރޯވިކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އެގޮތުން އަލިފާނުގެ ހާދިސާގެ މައުލޫމާތު ފަޔާ ސްޓޭޝަނަށް ލިބުމާ އެކު ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށާއި ބަދިގެއިން އަލިފާން ނިއްވާލެވުނީ 10:40 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވި ނަމަވެސް ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާގައި ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވާއިރު ބަދިގޭ ސީލިންގާއި ހިފާ ގެންގުޅޭ ސާމާނާއި ކަބަޑުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް