އަންހެން ހެދުން އަޅައިގެން ވީޑިއޯ ހަދައި އާންމުކުރަމުންދިޔަ ޔާޔާ ނަބީލުގެ ބަންދަށް 15 ދުވަސް ދީފި

Loading

Facebook
Twitter
WhatsApp

އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލްމީޑިއާގައި ވީޑިއޯއާއި ފޮޓޯ ޝާއިއުކުރަމުންދިޔަ މައްސަލައެއްގައި ހައްޔަރުކުރި ދިވެހި ފިރިހެން މީހާ ބަންދުކުރުމަށް ކްރިިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލްމީޑިއާގައި ވީޑިއޯ ޝާއިއުކުރަމުންދިޔަ 39 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ސަންދާނުއަށް މައުލޫމާތު ލިބިފައިވާ ގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މީގެކުރިން މީސް މީޑިއާގައި ބަރަހަނާ ފޮޓޯތަކެއް އާންމުކުރި މައްސަލައެއްގައި ހައްޔަރުކުރި ދިވެހި ފިރިހެނެއް ކަމަށްވާ ގ.ކަމަރާގެ މުޙައްމަދު ނަބީލް (ޔާޔާ ނަބީލް) އެވެ.

Loading

One Response

  1. މީނަ ލައްވާ ޓިކުޓޮކު ކުޅުވަނީ އަދި ބޭނުން ކުރަނީ ކީއްވެތަ. މީނަގެ ފޮޓޯއާއި މީނަގެ ހުރިހާކަމެއްވެސް ބޭނުންވާނީ މީނަ ކަހަލަ މީހުނަށް. ވަރަށް ފޫހި މީނަގެ ފޮޓޯ ނޫހުގާ ހިމަނާތީވެސް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް