މާލެއިން 16 މީހުންނާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި

Loading

Facebook
Twitter
WhatsApp

މާލެއިން މުދާ ބަރުކޮށްގެން 16 މީހުންނާ އެކު ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ރޭ ފަރަށް އަރާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. 

ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ ”ރޯޝަނީ“ ބޯޓު ފަރަށް އަރާފައިވާ ކަމަށް ރޭ ދަންވަރުގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ. 

އެމްއެންޑީއެފުން ބުނީ ރޯޝަނީ ބޯޓު ފަރަށް އެރިއިރު އޭގައި 16 މީހުން ތިބި ކަމަށެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ ބޯޓު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާ އެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް