ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުކޮށްދޭނަން: ފައިސަލް

Loading

Facebook
Twitter
WhatsApp

ލ.ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. 

ފައިސަލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް މިއަދު ހަވީރު ފޮނަދޫގައި ބޭއްވި ސައިކަލް ބުރަށް ފަހު ރައްޔިތުންނާއި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ރާއްޖޭގައި އެންމެ ފުރިހަމަ އަށް ތަރައްގީވެފައި އޮތް ސިޓީ އަކަށް އިރާދަކުރެވިއްޔާ ގަން، ފޮނަދޫ ސިޓީ ވެގެންދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

”އިރާދަކުރެއްވިއްޔާ ދެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބެއްގައި މި ތަނުގައި ބޭއްވޭނީ މޭޔަރުކަމުގެ އިންތިޚާބު“ ފައިސަލް ވިދާޅުވިއެވެ.

މިގޮތުން ސިޓީއެއްގެ ދަރަޖައަށް ގަން ފޮނަދޫ ބަދަލުކުރެވި އެ ތަނުގައި އިންތިޚާބު ކުރާނީ ގަން ފޮނަދޫ ސިޓީގެ މޭޔަރު، ކަމަށް ފައިސަލް ވިދާޅުވިއެވެ. 

މީގެ އިތުރުން ރާއްޖޭގެ ސިޔާސީ ބާރުވެރިކަން މިހާރު އޮތީ ލ. އަތޮޅާއި ހަމައަށް އައިސްފައި ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް