ޖޯޑަންގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްއަކަށް ދިން ޑްރޯން ހަމަލާއެއްގައި ސިފައިންގެ 3 މީހަކު މަރުވެ، 25 މީހަކަށް އެކިވަރުގެ އަނިޔާވެއްޖެއެވެ.
ޖޯޑަންގެ އިރުއުތުރުން ސީރިއާ ބޯޑަރު ކައިރީގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަކަށް ދިން ޑްރޯން ހަމަލާއެއްގައި ސިފައިންގެ ބަޔަކު މަރުވެފައިވާކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މި ހަމަލާއާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ބުނެފައިވަނީ، މިއީ އިރާނުން ސަޕޯޓުކުރާ ”ހަނގުރާމަމަތީ ޖަމާއަތްތަކުން“ ދީފައިވާ ހަމަލާއެއްކަމަށާއި، އިޒްރޭލުން ޣައްޒާގައި ކުރާ ހަނގުރާމައިގާ އެމެރިކާއިން އިޒްރޭލަށް ތާއީދުކުރާތީ ދިން ހަމަލާއެއްކަމަށެވެ.
މިއީ ހަމާސްއިން އޮކްޓޫބަރު 7 ވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާއަށްފަހު އެސަރަހައްދުގެ އެކި ބޭސްތަކުގައި ތިބި އެމެރިކާ ސިފައިންގެ ތެރެއިން ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ. އެސަރަހައްދުގައި ހުރި ގިނަ އަސްކަރީ ބޭސްތަކަށް ހަމަލާ ދެވެމުން ދިޔަނަމަވެސް، މީގެކުރިން އެއްވެސް އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކު މަރާލެވުނުކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.
One Response
އެންމެފުރަތަމަ އެ ހަމަލާ ކުށްވެރިކުރީ ޖޯރޑްން އިން…ކިހާ ސަޅި