ޝަރުތުތަކާއެކު ޣައްޒާއަށް ދޭހަމަލާތައް ހުއްޓާލުމަށް ގޮވާލައި ޔޫރަޕިއަން ޔޫނިއަނުން ގަރާރެއް ފާސްކޮށްފި

Loading

January 20, 2024
profile
Facebook
Twitter
WhatsApp

ޣައްޒާގެ މުޖާހިދުންގެ ޖަމިއްޔާ، ހަމާސް ނައްތާލައި، ހަމާސްއިން އަސީރުކުރި ހުރިހާ ފަރާތެއް ދޫކޮށްލުމަށް ޝަރުތުކޮށް، އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް އެއްކޮށް ހުއްޓާލުމަށް ގޮވާލައި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޤަރާރެއް ފާސްކޮށްފިއެވެ. 

މިމައްސަލާގައި ޔޫރަޕުގެ ގައުމުތަކުގެ ޚިޔާލުތައް ބައިބައިވެފައިވާއިރު، ގަރާރުގެ އިބާރާތާއިމެދު އެއްބަސްވުމަކަށް އައުމަކީ ފަސޭހަކަމަކަށް ނުވިއެވެ. މިގޮތުން، އެންމެ ފުރަތަމަ ހުށައެޅުނު ގަރާރުގައި ގޮވާލާފައިވަނީ އިޒްރޭލުންދޭ ހުރިހާ ހަމަލާއެއް ވަގުތުން ވަގުތަށް ހުއްޓާލުމަށެވެ. ނަމަވެސް، ވާހަކަދެކެވި ހުށައެޅުނު އިސްލާހުތަކަށް ބަހުސްކުރުމަށްފަހު، މި އިބާރާތުގެ ތެރެއަށް ހަމާސް ރޫޅާލައި، ހުރިހާ އަސީރުން ދޫކޮށްލުމުގެ ޝަރުތުތައް ވަނީ އިތުރުކުރެވިފައެވެ. 

މިއީ ރަމްޒީ ގަރާރެއްކަމުން، އަމަލުކުރުން މަޖުބޫރު ގަރާރެއް ނޫނެވެ. އަދި ގަރާރު ފާސްކޮށްފައިވަނީ 312 ވޯޓާއެކުގައެވެ. މި ގަރާރާއިދެކޮޅަށް 131 މެންބަރުން ވޯޓު ދިންއިރު، ވަކި ގޮތަކަށް ވޯޓު ނުދޭ 72 ފަރާތެއް ތިއްބެވެ. 

Loading

One Response

  1. ނަގޫ ފިތިފާ ތިބެގެން ކޮން ގަރާރެއް ފާސްކުރެވޭނީ…..އަހަރެމެންނަށް ތިޔަކަހަލަ ގަރާރެއް ފާސްކުރެވިދާނެ. ތަންކޮޅެއްކުރިން މާލޭގެ މުހިންމު މަގެއްގައި އިށީންދެ ތިބެގެން ބަޔަކުމީހުން ތިޔަކަހަލަ ގަރާރެއް ފާސްކުރި. މިހާރު އެ ގަރާރު ވީތަނެއް އެ ފާސްކުރިމީހުންނަށްވެސް ނޭގޭ ކަމަށް ވަނީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް