ހަ މަހަށްފަހު އަނެއްކާވެސް ތެލުގެ އަގު ހެޔޮކޮށްފި

Loading

Facebook
Twitter
WhatsApp

އެސްޓީއޯއިން އަނެއްކާވެސް ތެލުގެ އަގު ހެޔޮކޮށްފިއެވެ. މިއީ މިމަހުގެ 17 ގައި ހުވާކުރެއްވި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތެލުގެ އަގު ހެޔޮކުރި ފުރަތަމަ ފަހަރެވެ.

އެސްޓީއޯއިން ބުނީ މިހާތަނަށް ޕެޓްރޯލް ލީޓަރެއް 14.73 ރުރިފަޔާއަށް ވިއްކިނަމަވެސް މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 14.33 ރުފިޔާއަށް ކަމަށެވެ.ޕެޓްރޯލްގެ އަގުން ކުޑަވީ 40 ލާރިއެވެ. ތެލަށް ގެނެވުނު މިބަދަލާ ގުޅިގެން ޑީސަލް ލީޓަރެއްގެ އަގުވަނީ 15.07 ރުފިޔާއިން 14.62 ރުފިޔާއަށް ކުޑަކޮށްފައެވެ. އެއީ 45 ލާރީގެ ދަށްވުމެކެވެ.

މިއީ މިއަހަރު އެސްޓީއޯގެ ޕެޓްރޯލާއި ޑީސަލަށް ބަދަލު ގެނެވުނު 3 ވަނަ ފަހަރެވެ. މިއަހަރު އެންމެ ފަހުން ބަދަލު ގެނެވުނީ ޖޫންމަހުގައެވެ. އެމަހު ވަނީ ޕެޓްރޯލް ލިޓަރަކުން 14 ލާރި އަދި ޑީސަލް ލީޓަރަކުން 63 ލާރި އަގުހެޔޮކޮށްފައިވެއެވެ.

މިއަހަރު އެންމެ ބޮޑަށް ތެލުގެ އަގުހެޔޮކުރީ މެއިމަހުގައެވެ. އެމަހުވަނީ ޕެޓްރޯލް ލީޓަރަކުން 83 ލާރިއާއި އަދި ޑީސަލް ލީޓަރަކުން 62 ލާރި އަގުހެޔޮކޮށްފައެވެ. ތެލުގެ އަގަށް އެސްޓީއޯއިން ބަދަލު ގެންނަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. މިވަގުތު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އުޅެނީ 73-78 ޑޮލަރާ ދެމެދުގައެވެ.
މި އަގުތަކުން ޢާންމުންނަށް އަސަރު ނުކުރަނީ ސަރުކާރުން ތެލުގެ ސަބްސިޑީ ދޭތީއެވެ. ތެލުގެ ސަބްސިޑީއަށް މިއަހަރު ރިޒާވުން އެކަނިވެސް ވަނީ 800 މިލިއަން ޑޮލަރު ހޭދަ ކުރެވިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް