މިއަހަރު ސަރުކާރުގެ ޚަރަދުގައި 50 މީހަކު ޙައްޖަށް ފޮނުވަނީ

Loading

Facebook
Twitter
WhatsApp

މިއަހަރު ސަރުކާރުގެ ޚަރަދުގައި 50 މީހަކު ޙައްޖަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

މި ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރަައީސް ވިދާޅުވީ ޙައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް 5 އަހަރުދުވަހުގެ ތެރޭގައި 1000 ފަގީރުންނަށް ހިލޭ ދެވޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅަކަށްވާތީ މި މަސައްކަތް ފެށްޓެވުމުގެ ގޮތުން މިއަހަރު ފުރަތަމަ 50 މީހުން ފޮނުވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށެބެވެ. އަދި އެކި އަހަރު އެކި އަދަދަށް މީހުން ޙައްޖަށް ފޮނުވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މީހުން ޙައްޖަށް ފޮނުވުމުގައި އަމަލު ކުރައްވާނީ ޤައުމުގެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ކަނޑައެޅޭ އުސޫލެއްގެ މަތިން ކަމަށާއި މި އުސޫލު ސަރުކާރު ގެޒެޓްގައި އާންމުކުރެވޭނެ ކަމަށެވެ. އުއްމީދަކީ 5 އަހަރަށް އެކަނި ކުރާ ކަމެއްގެ ބަދަލުގައި ދާއިމީ ގޮތެއްގައި ކުރާ ކަމަކަށްވުން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Loading

2 Responses

  1. ފަގީރުންގެ ލިސްޓްގައި ނުޖައްސާއުޅޭ ޢެތައްފަގީރުންނެއްއެބައުޅޭ މިމީހުން ހައްޖުކޯޕަރޭޝަންގަ ޜަޖިސްޓުރީކޮށްގެން މަހަކު 500 ރުފިޔާއިން 200 ރުފިޔާއިން ލައިގެން ޢެތައްއަހަރެއްވާއިރުވެސްވަނީ ހައްޖައްނުދެވިފަ ހައްޖައްދާން ޟަސައްކަތްކުރާ ފަގީރުމީހާ ހުއްޓާ ފަގީރުންގެ ލިސްޓްގަތިބި ހައްޖައްދާން މަސައްކަރްނުކުރާމީހާ ފޮނުވުމަކީ ބުއްދިވެރިގޮތެއްނޫން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް