ފާތޭ، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް

Loading

Facebook
Twitter
WhatsApp

ކުރީގެ ތިން ރައީސުންގެ އަރިހުގައި އެބޭފުޅުންގެ ސެކްރެޓޭރިއޭޓްގައި އެންމެ އިސްކޮށް ހުންނެވި، ފާޠިމަތު މުޙައްމަދު ޞާލިޙު (ފާތޭ) ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް މިއަދު އައްޔަން ކުރައްވައިފިއެވެ.

މަޖިލީހުގެ އިދާރާގެ ޗީފްއޮފް ކޮމިޔުނި ކޭޝަން ޙަސަން ޒިޔާއު ވިދާޅުވީ އެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ފާތޭ އައްޔަން ކުރެއްވީ މަޖިލީހުގެ ރައީސްގެ މަސައްކަތްތަކަށް މުވައްޒަފުން ކަނޑައަޅަން މަޖިލީހުގެ ގަވާއިދުގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.

ފާތޭ ވަނީ ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމާއި ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ސެކްރެޓެރީއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ރައީސް މައުމޫނުގެ އަރިހުގައެވެ. ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ފާތޭ އެންމެ ފަހުން މަސައްކަތް ކުރެއްވީ ރައީސް ޞާލިޙުގެ ސެކްރެޓެރީ އެއްގެ ގޮތުގައެވެ. ފާތޭ އެ މަގާމުން އިސްތިއުފާދެއްވީ މިދިޔަ މަހުގެ 17 ވަނަ ދަވަހު ރައީސް ޞާލިޙްގެ ވެރިކަން ނިމުމާއެކުއެވެ.

ފާތޭ ރައީސް އޮފީހުގައި މަސައްކަތް ކުރައްވަން ފެށްޓެވީ މީގެ 37 ކުރިން ފެބުރުއަރީ 1986 ވަނަ އަހަރުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް