ގައުމުގެ މަޞްލަޙަތު ނަގައިލަން މަސައްކަތް ކުރާ މީހުންގެ ފަހަތަށް އެރުމަކީ ޣައްދާރުވުން

Loading

Facebook
Twitter
WhatsApp

ޕީޕީއެމް/ ޕީއެންސީއިން ރިޔާސީ ކެންޑިޑޭޓަކު ނުނެރެ އިންތިޚާބުގެ ފޯމުލުން ނިމުމަކާ ހަމައަށް ގޮސްފައިވަނިކޮށް ޕީއެންސީގެ ފަރާތުން ޑރ. މުޙައްމަދު މުޢިއްޒު އަށް ރިޔާސީ ޓިކެޓް ދިނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ރުހިވަޑައިގެނެއް ނޫނެވެ. އޭރުވެސް ރައީސް ޔާމީނު ވިދާޅުވަމުން ގެންދެވީ ރިޔާސީ އިންތިޚާބު ބޮއި ކޮޓު ކުރުމަށެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވުމުގެ މައިގަނޑު ސިއްރަކީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަ ކުރެއްވުމުގެ ފުރުޞަތު ނުލިބުމެވެ. އެހެނަސް ޕީއެންސީއިން ޔާމީނުގެ އަޑު އެއްސެވުމެއްނެތި ޑރ.މުޢިއްޒުގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ހިސާބުން މުޢިއްޒުގެ ފަހަތްޕުޅަށް އަރާވަޑައިގަތުން ނޫން ގޮތެއް ނެތްކަން ޔާމީނަށް ޔަގީންވެ ވަޑައިގަތެވެ.

ރައީސް ޔާމީނު ޑރ.މުޢިއްޒުގެ ފަހަތްޕުޅަށް އަރާވަޑައިގަތީ މުޢިއްޒު ހޮވިވަޑައިގެންފިނަމަ އެމަނިކުފާނު ގެ ޖަލު ޙުކުމް ނިމުމަކަށް އަންނާނެ ކަމަށް ހީފުޅުކުރެވިގެންނެވެ. އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ވެސް މުޢިއްޒު ވިދާޅުވަމުން ގެންދެވީ ޝަރުޢީ ދާއިރާއަށް އަތްޕުޅު ނުބާނުއްވާނެ ކަމުގައެވެ.

އެހެންކަމުން ޔާމީނުގެ ޖަލު ޙުކުމް ނިމުމަކަށް ގެނެވޭނެ ގޮތެއް ނުވިއެވެ. އެހެނަސް ކަރެކްޝަން މެދުވެރިކޮށް ޔާމީނު ގެއަށް ބަދަލުކުރެއްވުމަށާއި ލުއިތަކެއް ހޯއްދަވައި ދެއްވުމަށް ޑރ.މުޢިއްޒު ވަނީ މަސައްކަތްޕުޅު ކުރައްވައި އެ ފުރުޞަތު ޔާމީނަށް ހޯއްދަވައި ދެއްވާފައެވެ. ޑރ.މުޢިއްޒަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ޔާމީނު އެއްވެސް މަސައްކަތެއް ކުރައްވާފައެއް ނުވެއެވެ.

ޑރ.މުޢިއްޒުގެ ބެކްގްރައުންޑުގައި ޔާމީނުގެ ފޮޓޯފުޅެއް ހުރުމަކީ ޔާމީނު މަސައްކަތްޕުޅު ކުރެއްވުމެއް ނޫނެވެ. ޕީޕީއެމްއާއި ޕީއެންސީއިން ކޯލިޝަނެއް ވެސް އަދި ކޯލިޝަން އެއްބަސްވުމެއް ވެސް ހަދާފައެއްނުވެއެވެ. އެއީ ޔާމީނަކީ ޕީޕީއެމްގެ ރައީސްކަމަށް މީހުން ކިޔާ އުޅުނަސް ޕީޕީއެމްގައި މަސައްކަތް ކުރެއްވުމުގެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ޔާމީނަކަށް ނެތީމައެވެ. އެއީ ގައިދީއަކަށް ވާތީއެވެ. ޑރ.މުޢިއްޒުގެ ކެމްޕޭނުގެ ވަކި ހިސާބަކުން ޔާމީނާއި އެމަނިކުފާނުގެ ގާތް ބޭފުޅުން ކުރެެއްވީ އެންޓިކެމްޕޭން ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި ސެނެޓުގައި ވެސް ތިބީ ޑރ.މުޢިއްޒަށް ތާއީދު ކުރާ މަދުބޭފުޅުންކޮޅެއް ކަމަށް ވެސް އަޑުފެތުރިފައިވެއެވެ.

މި ދެންނެވި އެންޓި ކެމްޕެއިން ކުރެއްވި ޔާމީނުގެ ވަރަތް ގާތް ބޭފުޅުން ކެބިނެޓްގައި ތިއްބެވިއިރު އެމަނިކުފާނުގެ ފުރާނައަށް ގެއްލުންދެވިދާނެ ފަދަ މަގާމުތަކުގައި ވެސް ޑރ.މުޢިއްޒަށް އެންޓި ކެމްޕޭން ކުރެއްވި ބޭފުޅުން ތިއްބެވިކަން ފާހަގަކުރަމެވެ. ނިމިދިޔަ އިންތިޚާބަކީ ޑރ.މުޢިއްޒާއި އެމަނިކުފާނުގެ ޓީމުގެ ބުރަ އަދި އަމިއްލަ މަސައްކަތްޕުޅުން ކާމިޔާބު ކުރެއްވި އިންތިޚާބެކެވެ.

ޔާމީނުގެ ފަރާތްޕުޅުން ބަޔަކު ވޯޓު ނުދެއެކޭ އަޅުގަނޑު ނުދަންނަވަމެވެ. އެހެނަސް ޔާމީނުގެ މާބޮޑު ދައުރެއް މި އިންތިޚާބަކު ނެތެވެ. ސަރުކާރުގެ ތެރޭގައި ގިނައީ ޔާމީނުގެ އަރިސް ބޭފުޅުންނެވެ. މީގެ ތެރެއިން ބައެއް ބޭފުޅުން ވަރަށް އަވަހަށް ސަރުކާރު ދޫކުރައްވާ ޔާމީނާ ގުޅިވަޑައި ގަންނަވާނެ ކަމަށް ޚަބަރު ލިބެއެވެ. މިކަމުގެ ސަބަބުން ދެރަވާނީ ކޮން ބޭފުޅަކަށް ކަމެއް ނޭނގެއެވެ. ރައްޔިތުންނަށް މުހިންމީ ގައުމުގެ ހަމަޖެހުމާ ސިޔާދަތެވެ. ގައުމުގެ ކަރާމަތާ އިސްތިގްލާލެވެ. އަބަދު ވެރިކަމާ ތޮޅެން މަސައްކަތް ކުރައްވާ ބޭފުޅުންގެ ފަހަތަށް ރައްޔިތުން އަރަން ވެއްޖެނަމަ ގައުމަށް ލިބިގެންދާނީ އަގުނުކުރެވޭފަދަ ބޮޑު ގެއްލުމެވެ.

މިފަހަކަށް ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކާ ދެކޮޅަށް ނުވަތަ ވެރިކަން ކުރާ ޕާޓީއާ ދެކޮޅަށް ކޮންމެވެސް އިދިކޮޅު ޕާޓީއަކުންކުން ބަޣާާާވާތްކޮށް ގައުމުގެ ކަރާމަތާ ޝަރާފަތަށް އަރައިގަންނަތަން ދަނީ ފެންނަމުންނެވެ. ވީމާ ރައްޔިތުންނަށް އަޅުގަނޑު މި ގޮވާލަނީ ގައުމަށް ޣައްދާރު ނުވާށެވެ. އަދި އެފަދަ ބޭފުޅުންގެ ފަހަތަށް ނޭރުމަށެވެ.

Loading

3 Responses

  1. fahalasaeedhah alhugandudhannavaalanbeynunvanee liuntheriakahveethee molhuvaahakanudhahkaashe muihzah inthikhaabu kaamiyaabukurevunee yaameenuge vpn buramasahkathun yaameenuge vafaatherin enter kenpeinukurinama muihzah kaamiyaabehnuvees dhaulathun boduehchehlibeytho thikuraamasahkay huhtaalaa miraahjeygai eh siyaasee leedarakah ehmebodu thaaeedheh adhivesothee rabat yaameenah

  2. ތިމާމެން ބޭނުންވާކަމެއް ހާސިލް ކުރަން ވެއްޖެނަމަ ޣައްދާރުވުމަކީ މައްސަލައެްނޫން … މީވެސް ރައްޔިތުންނަށް ވިސްނައިދޭން ޖެހޭނެކަމެއް…. ހުރިހާކަމެއް މޮޅަށް ދެކެ ދެނެވޮޑިގެންވާ ކުޅަދުންވަންތަ ފަރާތެއް ވާކަން ހުރިހާ ފަރާތަކުންވެސް ހަނދާންކުރާނަމަ ހުންނާނީ ރަނގަޅަށް.

  3. Maaiy ALLAAHU vodigenvanee keythereennaaekugaa, kevves kureveynee vaki varakah, thiya bunaa kaamiyaabeh libunugoiy nuvisneuthoa PNC akee Emme kudapaatee, RY ge fotofulhu dhakkaigen RY ge furihama thaaeedhaaekuga kamah kithah podiamugaa kithah faharu bunefa veythoa rekodin thah adu assavaala ballava! Thikiaa bahgaavaatheh kuriyyaa koffa e thibee hama verikan libunu meehun, verikan libuneemaa emmenge matheen ves handhaan naththaalaifi,

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް