އާސަންދައިގެ ދަށުން ބޭސް ނަގަން ފޯނަށް ކޯޑެއް

Loading

Facebook
Twitter
WhatsApp

އާސަންދައިގެ ދަށުން ބޭސް ސީޓީއަށް ބޭސް ނެގޭނީ
ބޭސް ގަންނަމީހާގެ ފޯނަށް ލިބޭ ޑިސްޕެންސިން ކޯޑު ޖެހުމުން ކަމަށް އާސަންދައިން ބުނެފިއެވެ.

އާސަންދައިން ބުނި ގޮތުގައި މި ބަދަލާއެކު އާސަންދައިގެ ދަށުން ބޭސް ސިޓީއަށް ދެން ބޭސްނެގޭނީ ފޯނަށް ލިބޭ ޑިސްޕެންސިން ކޯޑު ޖެހުމުންނެވެ.

”އާސަންދައިގެ ދަށުން ބޭސް ސިޓީއަށް ބޭސް ނަގަން ފާމަސީއަށް ދިއުމުން ފޯނަށް ޑިސްޕެންސިން ކޯޑު ހިމެނޭ އެސްއެމްއެސް އެއް ލިބޭނެ. މިކޯޑް އެކްސްޕެއަރވާނެ އެއްގަޑިއިރުގެ ތެރޭގައި“ އާސަންދައިގެ އޮފިޝަލަކު ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މި ބަދަލު ގެނައީ ބައެއް ފާމަސީތަކުން ޑޮކްޓަރަށް ދެއްކުމަށްފަހު ދޭ ބޭސް ސިޓީއަށް އެ ކްލިނިކުގައި ހުންނަ ފާމަސީއިން ބޭސް ނުނަގައި އެހެން ފާމަސީއަކަށް ދާއިރު ބޭސް ނަގާފައި ހުންނަ ކަމުގެ ޝަކުވާތައް ލިބެމުން ދާތީއެވެ.

އާސަންދައިގެ ދަށުން ބޭސް ދޫކުރާ އުޞޫލަށް ބަދަލުގެނެސްފައިވާއިރު އާސަންދައަށް މިއަހަރުގެ މިހާތަނަށް ކުރި ޚަރަދު ވަނީ 1.5 މިލިއަން ރުފިޔާއަށް އަރާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް