ބައެއް ކުންފުނިތަކުގައި އިށީންނާނެ ގޮނޑިއެއް ނެތް ވަރަށް މުވައްޒަފުން ނަގާފައި އެބަހުރި: ޢަފީފް

Loading

October 23, 2023
sandhaanu news
Facebook
Twitter
WhatsApp

ސަރުކާރުގެ ބައެއް ކުންފުނިތަކުގައި އިށީންނާނެ ގޮނޑިއެއް ނެތް ވަރަށް މުވައްޒަފުން ނަގާފައި އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް މިއަދު ވިދާޅުވެއްޖެއެވެ.

ޢަފީފް މިހެން ވިދާޅުވީ، ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ހުށަހެޅި ޤަރާރަށް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.

ޢަފީފް ވިދާޅުވީ ސަރުކާރު ބައެއް ކުންފުނިތަކުގައި އެތަނަށް ވަދެލާފައި ސޮއިކޮށްލާފައި ދާ މީހުން އެބަތިބި ކަމަށެވެ. ބައެއް ތަންތާގައި އެމީހުންނަށް އިށީންނާނެ ގޮނޑިއެއް ވެސް އަދި ކުރާނެ މަސައްކަތެއް ނެތި ވެސް މުވައްޒަފުން ނަގާފައި އެބަހުރި ކަމަށާއި އެފަދަ ކަންކަން ބެލެން ޖެހޭނެ ކަމަށް ޢަފީފް ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ މިއީ އެއްވެސް ހާލެއްގައި ދައުލަތުގެ ފައިސާ ޚަރަދު ކުރަން ޖެހޭނެ ގޮތެއް ނޫން ކަމަށާއި މިގޮތަށް ޚަރަދު ކުރެވިގެން ވެސް ނުވާނެ ކަމަށް ޢަފީފް ވަނީ ވިދާޅުވެފައެވެ. އަދި މިގޮތަށް ޚަރަދު ކޮށްފައިވާ ފައިސާ އެއީ ކޮން ގޮތަކަށް ކޮށްފައިވާ ޚަރަދެއްތޯ ވެސް ބަލަން ޖެހޭ ކަމަށް ޢަފީފް ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތަކަށް މަތިބަރުވާ ވަރަށް މުވައްޒަފުން ނަގައިގެން ބޭކާރު ޚަރަދު ކުރަމުން ދަނީ ދިވެހި ރައްޔިތުންގެ ފައިސާ އިން ކަން ފާހަގަކުރައްވާ ޢަފީފް ވިދާޅުވީ އެ ފައިސާ ޚަރަދު ކުރަން ޖެހޭނީ ދިވެހި ރައްޔިތުންނަށް ފައިދާވާ ގޮތަށް، އެއްވެސް އިސްރާފެއް ނުވާ ގޮތަށް ކަމަށެވެ.

މީގެ އިތުރުން އެ އުސޫލާ ހިލާފަށް ސަރުކާރު ކުންފުނިތަކުގެ ފައިސާ ބޭނުން ކުރެވެމުންދާއިރު ޒިންމާވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅެން ޖެހޭނެ ކަމަށާއި، އެކަން ނުކޮށްފިނަމަ ފެންނާނީ ބޭކާރު އަދި ނާޖައިޒު ޚަރަދުތައް ކުރަމުންދާ ތަން ކަމަށް ޢަފީފް ވިދާޅުވިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް