ދިވެހިންގެ އެހީގައި ފަލަސްތީނުގައި ބިނާ ކުރާ މިސްކިތުގެ %80 ވަނީ ނިމިފައި: އައިއޭސީ

Loading

October 22, 2023
sandhaanu news
Facebook
Twitter
WhatsApp

މަސްޖިދުލް ގުއްދޫސްގެ ނަމުގައި ދިވެހީންގެ އެހީއާއި އެކު ފަލަސްތީނުގައި ބިނާކުރެވޭ މިސްކިތުގެ %80 ނިމިފައިވާ ކަމަށް ބައިނަލްއަޤްވާމީ އެހީދޭ ދިވެހި ޖަމާއަތެއް ކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން މޯލްޑިވްސްއިން ބުނެފިއެވެ.

މިކަން ހާމަކޮށް އައިއޭސީން ބުނީ ފަލަސްތީނުގައި ބިނާކުރާ މިސްކިތުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށެވެ.

އެގޮތުން ހިއްކުމާއި ބެކްފިލިންގް، ކޮންކްރީޓް މަސައްކަތް އަދި ރޭނުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިސްކިތުގައި ކުރަންޖެހޭ ހުރިހާ ސިމެންތީގެ މަސައްކަތްތަކާއި ދަގަނޑުގެ މަސައްކަތްތައް ވެސް ނިމިފައިވާ ކަމަށެވެ.

އައިއޭސީން ބުނީ ފަލަސްތީނުގެ ގައްޒާގައި ދިވެހީންގެ އެހީގައި ބިނާކުރާ މި މިސްކިތުގެ ނިމިފައިވާ މަސައްކަތްތަކަކީ 7 އޮކްޓޫބަރުގެ ހަމަނުޖެހުމުގެ ކުރިން ނިމިފައިވާ މަސައްކަތްތައް ކަމަށެވެ.

މީގެ އިތުރުން ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން މަސްޖިދު ހިމެނޭ އަލްތުއްފާޙް(އިރުމަތީ ޣައްޒާ) ސަރަހައްދު ވަނީ ނުރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅިފައި ކަމަށާއި ނަމަވެސް މިއަދާއި ހަމައަށް މި މިސްކިތަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އައިއޭސީން ބުންޏެވެ.

ދިވެހިންގެ އެހީގައި އިމާރަތް ކުރާ 700 އަކަމީޓަރުގެ ބޮޑު މި މިސްކިތުގައި ޖުމްލަ 1100 އަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެއެވެ. 3 ފަންގިފިލާއަށް އިމާރާތްކުރާ މި މިސްކިތުގައި ވުޟޫ ކުރާ ތަނުގެ އިތުރުން 4 ފާޚާނާ ހުންނާނެއެވެ. 

Loading

One Response

Leave a Reply

ފަހުގެ އަޕްޑޭޓް